Ads by
ޚަބަރު
ރަށްރަށުގެ ތަރައްޤީގެ ކަންކަން ކުރިއަށް ދާން ވާނީ ރައްޔިތުން އެދޭ ގޮތަށް: ރައީސް
ރައީސް މުޢިއްޒު ވާދޫ ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ރަށްރަށުގެ ތަރައްޤީގެ ކަންކަން ކުރިއަށް ދާން ވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސް މިހެން ވިދާޅުވެފައި ވަނީ މިއަދު މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލާ އަދި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު ރ. އަތޮޅު އަލިފުށީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ މެންބަރުން، ވާދޫގެ ތަރައްޤީއަށް މިވަގުތު އެންމެ މުހިންމު ކަންކަމުގެ ގޮތުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމާއި ކުނިކޮށި އެހެން ސަރަޙައްދަކަށް ބަދަލު ކުރުމާއި ބަނދަރު ތަރައްޤީ ކުރުން ހިމެނެއެވެ. އަދި ރަށުން ގޯތި ދޫކުރެވޭނެ ގޮތް ވީހާވެސް އަވަހަށް ވެގެން ދިއުމުގެ މުހިންމުކަން ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުމާއި ކައުންސިލު އިދާރާގެ ޖާގައިގެ ދަތިކަމާ އަދި މިނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން އެ މެންބަރުން ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވާ ރައީސް ވަނީ ކުނިކޮށި އެހެން ސަރަޙައްދަކަށް ބަދަލު ކުރުމަށް ކުރަން ޖެހޭ އިންތިޒާމުތައް ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށުގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދާނީ ރަށުގެ ރައްޔިތުން އެދޭ ގޮތަށް ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *