Ads by
ޚަބަރު
މޫދު ކުޅިވަރުތަކަށް ޚާއްޞަ އިސްކަމެއް ދިނުމަކީ ވަރަށް މުހިންމުކަމެއް: ފަޒްނާ

ދިވެހިންނަކީ ކަނޑުގެ ދަރިންގެ ގޮތުގައި ސިފަކުރެވޭއިރު މޫދު ކުޅިވަރަށް ޚާއްޞަ އިސްކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ މިއަދު ހަވީރު މާލޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި އައި.ބީ.ސީ ބޮޑީބޯޑިންގ ވޯލްޑް ޓުއަރ “ވިޒިޓް މޯލްޑިވްސް ޕްރޯ 2023” މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާ ވަނީ މިދިޔަ އަހަރުގެ މުބާރާތުން ފެނުނު ފަދަ ވާދަވެރިކަމާ، އެހާމެ ރަހުމަތްތެރިކަން ބޮޑު މުބާރާތެއް މިފަހަރުވެސް ފެންނާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ދިވެހި ރާޅާއެޅުންތެރިންނަކީ ތިމާވެށްޓަށް ލޯބިކުރާ އަދި ޚާއްޞަކޮށް އަލަށް އަރަމުން އަންނަ ރާޅާ އެޅުންތެރިންނަށް އަޅާލާ ބައެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެކަމަނާ ވަނީ މުބާރާތް ކުރިޔަށްދާއިރު ތިމާވެށި ރައްކާތެރިކުރުމަށް ސަމާލުކަން ދިނުމުގެ ގޮތުން އެސަރަހައްދު ސާފުކޮށްބޭއްވުމާއި މުބާރާތް ހިނގަމުންދާއިރު އެއްފަހަރު ބޭނުންކޮށްފައި އުކާލާޒާތުގެ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް އެދިވަޑައިގަންނަވާފައެވެ.އަދި ރާޅާއެޅުން ރާއްޖޭގައި އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ ކުރިއަރަމުން އަންނައިރު މޫދު ކުޅިވަރު ރަނގަޅަށް ކުރިޔަށް ގެންދެވޭނެ ފުރުޞަތާއި ވަޞީލަތްތައް ރާއްޖޭގައި ހަމަޖެހިފައި ހުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ.

މި މަހުގެ 3 އިން 12އަށް ވަރުނުލާ ރާޅުގަނޑު ސަރަޙައްދުގައި ކުރިޔަށްގެންދާ މި މުބާރާތުގެ ސީނިއަރ އަދި ޖޫނިއަރ ކެޓަގަރީގައި ރާއްޖޭގެ 14 ބައިވެރިއަކު ބައިވެރިވާއިރު މި މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް ޖުމްލަ 16 ޤައުމަކުން 86 އެތުލީޓުން ބައިވެރިވެފައިވެއެވެ. އަދި އެތުލީޓުންގެ ތެރޭގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ނަން މަޝްހޫރު ފަރާތްތައް ވެސް ހިމެނެއެވެ. މިއީ މި މުބާރާތް ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *