Wednesday, 9 September 2026
Ads by

7 އެޕްލިކޭޝަނެއް މެދުވެރިކޮށް މި އަހަރު ފިތުރު ޒަކާތް ދައްކާލެވޭނެ

7 އެޕްލިކޭޝަނެއް މެދުވެރިކޮށް މި އަހަރު ފިތުރު ޒަކާތް ދައްކާލެވޭނެ

ޒަކާތް ދެއްކުމުގެ ކަންކަން ކުރިއަށްދަނީ--- ފޮޓޯ: މޯލްޑިވްސް ޒަކާތު ހައުސް

މި އަހަރުގެ ފިޠުރު ޒަކާތް ހަތް އެޕްލިކޭޝަނެއް މެދުވެރިކޮށް ދެއްކުމުގެ އެންމެހައި އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ad Image
Ads by

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، 1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް، ރަމަޟާން މަހުގެ ފުރުތަމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 06:00އާއި ހަމައަށް، ހަތް މުއައްސަސާއެއްގެ ޕްލެޓްފޯރމް މެދުވެރިކޮށް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެތެރޭގައި ހިމެނެނީ:

  • ދިރާގު އެޕް /  ދިރާގު ޕޭ
  • އުރީދޫގެ އެމް ފައިސާ
  • އިސްލާމިކް ބޭންކުގެ ފައިސާ މޮބައިލް އެކްސް
  • ބީއެމްއެލް މޮބައިލް އެޕް
  • ފަހިޕޭ
  • އަވަސް އެޕް
  • ފިނޭންސް މިނިސްޓްރީގެ ބަނޑޭރި އެޕް

މީގެ ތެރެއިން ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރު ޒަކާތް ދެއްކުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ހަމައެހެންމެ، ޢުމުރުން ދުވަސްވެފައިވާ ފަރާތްތަކާއ،ި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަޙުލުވެރި ނޫން ފަރާތްތަކަށް ޙާއްޞަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސައިފައެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާތީ، އެ ދުވަސްތަކުގައި ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކަކީ:

  • 22 ފެބުރުއަރީ – 09 މާރިޗު: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00އިން ފެށިގެން 13:00އާއި ހަމައަށް
  • 10މާރިޗު – 19 މާރިޗު: ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 11:00އިން ފެށިގެން 14:00އާއި ހަމައަށް

މާލެ ސިޓީ ފިޔަވައި އަތޮޅުތެރޭގެ ރަށްރަށާއި ސިޓީތަކުގައި ނަޤުދު ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި