Saturday, 24 October 2026
Ads by

މެޑަމް ސާޖިދާ ކުޑަހުވަދޫ އ.ތ.މ ކޮމިޓީން ތަރައްޤީކުރި ޖިމް، ހުޅުވައިދެއްވައިފި

މެޑަމް ސާޖިދާ ކުޑަހުވަދޫ އ.ތ.މ ކޮމިޓީން ތަރައްޤީކުރި ޖިމް، ހުޅުވައިދެއްވައިފި

މެޑަމް ސާޖިދާ ދ. ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ތަރައްޤީކުރި ޖިމް، ހުޅުއްވައިދެއްވައިފިއެވެ.

Ad Image
Ads by

މި ޖިމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މެޑަމް ވަނީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމާއި ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ހަރަކާތްތެރިކޮށް އުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. ރަށުގައި މިފަދަ ޖިމެއް ހުޅުވުމަކީ މިކަމަށް ލިބިގެންދިޔަ ބާރެއްކަން މެޑަމް ފާހަގަކުރެއްވިއެވެ.

ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމާއި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް މިސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަނާ ވަނީ ޢާންމު ޞިއްޙަތު ކުރިއެރުވުމަށާއި، ބަލިތަކުން ރައްކާތެރި ވެއްޓެއް ޤާއިމުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި، ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކޮށް ޓައިމް މަޖައްލާއިން ހޮވި، 2026 ވަނަ އަހަރު ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގެންފައިވާކަން ފާހަގަކުރައްވާފައެވެ. ވަކިން ޚާއްޞަގޮތެއްގައި އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް އެކަމަނާ ފާހަގަކުރެއްވިއެވެ.

މިއަދު ކުޑަހުވަދޫގައި ހުޅުވި ޖިމަކީ ޢާންމު ޞިއްޙަތު ކުރިއެރުވުމަށާއި، ބަލިތަކުން ރައްކާތެރި ވެއްޓެއް ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި އެކަމަނާ ވަނީ މި ޖިމްގެ ބޭނުން ހުރިހާ ފަރާތްތަކުން އެންމެ ފުރިހަމަގޮތުގައި ހިފާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

ކުޑަހުވަދޫ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިސްނެގުމާއިއެކު މިފަދަ ޖިމެއް ހުޅުވިގެން ދިއުމަކީ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި އެކަމަނާ ވަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އެހެން ކޮމެޓީތަކުން މިކަން ނަމޫނާއަކަށް ބަލައި މިފަދަ ކޮމެޓީތަކުގެ މުހިންމުކަމާއި އެބޭފުޅުން ކުރައްވާ ހިތްވަރުގަދަ މަސައްކަތް ފާހަގަކުރައްވާފައެވެ.

ޖިމް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާ ގެ މެމްބަރު ޙުސައިން ޙަމީދު އަދި ކުޑަހުވަދޫ ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ އިތުރުން ރަށުގެ ގިނައަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ