Ads by
ދީން
ރިވެތި އަޙްލާޤުގެ ވެރިއަކަށް ވެވޭނީ, ރަނގަޅު އެކުވެރިންނާ އެކު އެޅެގެން: ޚުތުބާ

ރިވެތި އަޙްލާޤުގެ ވެރިއަކަށް ވެވޭނީ, ރަނގަޅު އެކުވެރިންނާ އެކު އެޅެގެން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

Ads by Eki Online

މިއަދުގެ ހުކުރު ކުތުބާގައި ބުނެފައި ވަނީ ހެޔޮކަމުގެ ތަޅުދަނޑިއަށް އެދޭ މީހާ މަތިވެރި އަހްލާގުގެ ވެރިއަކަށް ވާން ޖެހޭ ކަމަށެވެ. އަދި މަތިވެރި އަހްލާގުގެ ވެރިޔާ އޭނާގެ ފަސްބައި ހަޑިހުތުރު އަމްލުތަކުން ކިލާކުރަން ބޭނުން ނުވާނެ ކަމަށާއި ރިވެތި އަހްލާގުގެ ވެރިއަކަށް ވެވޭނީ ރަނގަޅު އެކުވެރިންނާއެކު އުޅެގެން ކަމަށް ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން ނުބައި ކަންތައްތައް އީޖާދު ކުރާ މީހުންނާއި ނުބައި ކަންތައްތައް ރަނގަޅު ކަންކަމަށް ހަދައިގެން މީހުންނަށް ތައާރަފުކޮށްދޭ މީހުންނަށް، އެމީހުންގެ ފާފަތަކުގެ އިތުރުން އެމީހުންނަށް ތަބާވީ ހުރިހާ އެންމެން ކުރާ ނުބައި އަމަކުތަކުގެ ފާފަތައް އުފުލަން ޖެހޭނެ ކަަމަށް ވެސް ހުތުބާގައި ބުންޏެވެ.

އަދި ހެޔޮކަމުގެ ތަޅުދަނޑިއަކަށް ވެވޭނީ މާތް ﷲ ފަރުލުކުރައްވާފައިވާ ނަމާދުތަކާއި ދީނުގެ އެހެނިހެން ފަރުލުތަކާއި ވާޖިބުތައް ބަރާބަރަށް އަދާކޮށް، މުންކަރާތްތަކާއި ފާހިޝް އަމަލުތަކާ ދުރުހެލިވެގެން ކަމަށާއި އެފަދަ މީހާއަށް މާތް ﷲ ދެއްވާނީ ހެޔޮކަމުގެ ހުރިހާ ދޮރުތަކެއް ހުޅުވައިލެވޭ މައި ތަޅުދަނޑިއެއް ކަމަށް ހުތުބާގައި ބުންޏެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *