Ads by
ޚަބަރު
އޮޔާ ބެހެމުން ދިޔަ ޑައިވަރުންތަކެއް ސަލާމަތްކޮށް ގައްދޫއަށް ގެންގޮސްފި
އޮޔާ ބެހެމުން ދިޔަ ޑައިވަރުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ - ފޮޓޯ:ފުލުހުންގެ ޚިދުމަތް

އޮޔާ ބެހެމުން ދިޔަ ޑައިވަރުންތަކެއްތަކެއް ސަލާމަތްކޮށްފައިވާ ކަަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

Ads by Eki Online

ފުލުހުން ބުނެފައި ވަނީ މެރިން ޕޮލިހުގެ ލޯންޗެއް މިއަދު ހެނދުނު ފުވައްމުލަކުން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ގދ. ގަމާ ދިމާލު ކަނޑުމަތިން ޑައިވަރެއް ފެނިގެން އެ ސަރަޙައްދަށް ދިޔައިރު ދެ ޑައިވަރުން ފެނިފައިވާ ކަމަށެވެ. އެ ލޯންޗް ކައިރި ކުރުމުން އިތުރު ޑައިވަރުންތަކެއް އޮޔާދާކަމުގެ މަޢުލޫމާތު ލިބުނު ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ސަރަޙައްދުން ރަޝިޔާގެ 10 ޑައިވަރުންނާއި ހަތަރު އިންސްޓްރަކްޓަރަކު މެރިން ޕޮލިހުގެ ލޯންޗުން ނަގައި ސަލާމަތްކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ދިވެހި ތިން އިންސްޓްރަކްޓަރަކު ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނި ގޮތުގައި އެ އެންމެންވެސް ގދ. ގައްދޫއަށް ގެންގޮސް އެ މީހުން ޑައިވިނަށް ދިޔަ ސަފާރީގެ ދޯންޏާ ހަވާލުކޮށްފައިވާ ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *