Ads by
ޚަބަރު
ރ. އަދި ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި
ރ. އަދި ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު ފުރާވަޑައިގަތުން - ފޮޓޯ:ރައީސް އޮފީސް

މާޅޮސްމަޑުލު އުތުރުބުރި އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފުރާވަޑައިގެންފިއެވެ.

Ads by Eki Online

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި މި ދެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން، ވަގުތު ލިބިވަޑައިގަތް މިންވަރަކުން ދެ އަތޮޅުގެ ވީހާ ގިނަ ރަށްތަކުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި މި ދެ އަތޮޅުގެ އަތޮޅު ކައުންސިލާވެސް ރައީސް ބައްދަލުކުރައްވާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާއި ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވައިގެން މިހާރު ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނެ ގޮތާ މެދު މަޝްވަރާކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ އަމާޒަކީ މި ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރު ޒިޔާރަތް ކުރެއްވުން ކަމުގައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރައީސް ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވާފައެވެ. އަދި ދެ ކައުންސިލެއް ފިޔަވާ ގއ. އަތޮޅުގެ ހުރިހާ ކައުންސިލަކާވެސް ބައްދަލުކުރައްވާފައިވެއެވެ. އޭގެ އިތުރުން ހއ. ހދ، ށ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާއި ނ. އަތޮޅުގެ އެންމެ ކައުންސިލެއް ފިޔަވާ އެހެން ހުރިހާ ރަށެއްގެ ކައުންސިލުތަކާއި އ.ތ.މ ކޮމިޓީތަކާ ބައްދަލުކުރައްވައި އެ އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން ރައީސް ވަނީ މަޝްވަރާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *