Ads by
ޚަބަރު
އުރީދޫ އަތޮޅު ދުވުން: މާރޗު މަހުގެ އެއްވަނައަށް ދާ ފަރާތަށް ޢުމްރާ ދަތުރެއް
މާރޗު މަހު އަތޮޅު ދުވުން ކުޅެގެން އެއްވަނައަށް ދާ ފަރާތަށް ޢުމްރާ ދަތުރެއް ދިނުމަށް އުރީދޫން ވަނީ ނިންމާފައި - ފޮޓޯ:އުރީދޫ

މާރޗު މަހު އަތޮޅު ދުވުން ކުޅެގެން ލީޑަރބޯޑުގެ އެއްވަނައިގައި ހިމެނޭ ފަރާތަށް ޢުމްރާ ދަތުރެއް ދިނުމަށް އުރީދޫ މޯލްޑިވްސްއިން ނިންމައިފިއެވެ.

Ads by Eki Online

“އަތޮޅު ދުވުން” އަކީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނަރ ގޭމެވެ. އުރީދޫން ބުނީ އެ ކުންފުނީގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، “ހަސަނަށް ފޯނެއް” ގެ ދަތުރުގައި މި ފަހަރު ރާއީ ދުވެފައި ދާނީ ރާއްޖޭގެ އުތުރުން ދެކުނަށް ކަމަށާއި ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވެލްއެއް އަންލޮކް ވެގެން ދާނެ ކަމަށެވެ. ގޭމްގެ މާރޗު މަހުގެ އަޕްޑޭޓް މިހާރު ލިބޭނެ ކަމަށާއި އެޕަލް އެޕްސްޓޯރ އަދި ގޫގުލް ޕްލޭސްޓޯރުން “އަތޮޅު ދުވުން” ޑައުންލޯޑު ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އަތޮޅު ދުވުމުގެ މާރޗު މަހުގެ ޕާޓްނަރަކީ ޤިބްލަ ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑެވެ. މި ޕާޓްނަރޝިޕުގެ ދަށުން އުރީދޫ އާ ގުޅިގެން މި މަހުގެ ލީޑަރބޯޑުގެ އެއްވަނައަށްދާ ފަރާތަކަށް ޢުމްރާ ދަތުރެއް (ދެ މީހަކަށް) ލިބިގެންދާނެއެވެ. އުރީދޫން ބުނެފައި ވަނީ ގޭމްގެ ތެރެއިން ބޯނަސް ޑޭޓާ އަދި މޫލީ ވައުޗަރ ލިބުމުގެ ފުރުސަތުވެސް މި މަހު ލިބިގެންދާނެ ކަމަށެވެ.

މި ގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާ ލެވެލްއެއްގައި އާ ރަށަކަށް ދަތުރު ކުރެވޭނެއެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމައެކަނި އެ މަހަކު ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނި ގޮތުގައި ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާނެ ކަމަށާއި މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައެވެ. މި އަހަރުގެ ކަލަންޑަރ އަދި ގޭމް ތައްޔާރުކޮށްފައި ވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓީމުން ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނެފައި ވަނީ މާރޗު މަހުގައި އަތޮޅު ދުވުމުގައި ފެނިގެން ދާނީ ނ. ލަންދޫ ކަމަށެވެ. ލަންދޫއަކީ ޒަމާނުއްސުރެ ގަލު ވަޑާމަށް މަޝްހޫރު ރަށެކެވެ. އަދި ރާއްޖޭގައި އެންމެ ގިނައިން ކުއްޅަވަށް އުފެދޭ އަދި ކުއްޅަވަށް ބޭނުންކޮށްގެން ތަކެތި ތައްޔާރުކުރާ ރަށަކީވެސް ލަންދޫއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *