Ads by
ޚަބަރު
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި މިނިވަން އުފާ ކާނިވާ ހަވާގެ ހަރަކާތްތަކާއެކު ނިންމާލައިފި
މިނިވަން ދުވަހުގެ މުނާޞަބަތުގައި ހުޅުމާލޭގައި ބޭއްވި ކާނިވަލްގެ ޚާއްސަ ހަރަކާތުގެ ތެރެއިން ބޭއްވި ހަވާ އެރުވުން | ފޮޓޯ: އެކި

މިނިވަން ދުވަހުގެ މުނާސަބަތުގައި މިދިޔަ އާދިއްތަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުޅުވި މިނިވަން އުފާ ކާނިވާ ނިންމާލައިފިއެވެ.

Ads by Eki Online

މިނިވަން ދުވަހުގެ ހަރަކާތްތައް ނިންމުމުގެ ގޮތުން ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ އަރުވާފައެވެ. ކާނިވާ ނިންމާލުމުގެ ގޮތުން ބޭއްވި ޚާއްސަ ހަރަކާތްތަކަށް ބަލާއިރު، ދިވެހި އަދި ބޭރު ފަންނާނުންގެ ހުށައެޅުންތަކާއި، ގިނަ ކުޅިވަރު ހަރަކާތްތަކެއް ވަނީ ބާއްވާފައެވެ.

މިނިވަން އުފާ ކާނިވަލަކީ މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ހިިމެނޭ ފެސްޓިވަލެއް ގޮތަށް ރާއްޖޭގައި މިހާތަނަށް ބޭއްވުނު މިފަދަ އެންމެ ބޮޑު އެއް ހަރަކާތެއެވެ. މި ކާނިވަލްގައި ކުޅިވަރު ސްޓޯލްތަކާއި ފުޑް ސްޓޯލްތަކާއި ދިގުދަނޑި ހިނގުން، އެކްރޮބެޓްސްް، ޖަގްލަރސް، ބިރުވެރި ހޮހޮޅަ، ކަރޯކޭ ބޮކްސް، ފްލޯޓް ޕާރކް، ލެއިޒަރ ޕާރކެއްވެސް ބާއްވާފައިވެއެވެ.

މި ކާނިވަލަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ކުރިއަށްގެންދިޔަ ކާނިވަލެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *