Ads by
ޚަބަރު
ރިޔާސީ ވަޢުދު: އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދޭން ފަށައިފި
އެއަރ އެމްބިއުލާންސް ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޯޓު

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ޞިއްޙީ އިމަޖެންސީ ޙާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރާ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށައިފިއެވެ.

Ads by Eki Online

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން ބުނީ އެކަމަށް ޚާއްޞަކޮށް މިއަދުން ފެށިގެން ޚިދުމަތް ދޭން ފަށާފައިވާ ބޯޓުގައި މެޑިކަލް އިމަރޖެންސީގެ ޙާލަތްތަކުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެންހުރި އެންމެ ކައިރި ޓާޝިއަރީ ހޮސްޕިޓަލަކަށް ބަލި މީހުން އުފުލުމުގައި އަވަސް ޞިއްޙީ ފަރުވާ ދެވޭ ގޮތަށް ވަސީލަތްތަކާ އެކު ތަމްރީންކޮށްފައިވާ 15 ޞިއްޙީ ޚިދުމަތްތެރިއަކު ހަރަކާތްތެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި ފަސް ޑޮކްޓަރުންނާއި ފަސް ނަރުހުން އަދި އެމަރޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެއެވެ.

ރާއްޖޭގެ ޞިއްހީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތެވެ. އެގޮތުން އެއަރ އެމްބިއުލާންސްގެ ޚިދުމަތްތަކުގެ ދަށުން މިއަދުން ފެށިގެން ޚިދުމަތް ދިނުމަށް ނިންމާފައިވާއިރު، މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ގާއިމުކުރުން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް ޚާއްޞަކުރެވިފައިވާ ޑޭޝް 8-200 މަރުކާގެ ބޯޓާ އެކު ޚިދުމަތް ފެށުމުން ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް 24 ގަޑިއިރު މި ޚިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. މާލެ ސަރަޙައްދުގައި ގާއިމުކުރެވިފައިވާ މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ޚިދުމަތް ހިމެނި، ޕްރީ ހޮސްޕިޓަލް ކެއަރ ކޯޑިނޭޓްކުރުމުގެ އިންތިޒާމް ރާވާ، ދެމެހެއްޓެނިވި ގޮތެއްގައި އަވަސް ފަރުވާގެ ނިޒާމް ފުރިހަމަ ނިޒާމެއްގެ ގޮތުގައި ގާއިމުކުރެވި ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދޭނީ އެ މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަން ސަރވިސަސް (އައިއޭއެސް) އަދި އެންސްޕާ ގުޅިގެން ކަމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *