Monday, 26 October 2026
Ads by

ހުއިފިލަނޑާ ވައްކަމުގައިވެސް ފުލުހެއް، މަސްއޫލިއްޔަތުން އެކަހެރިކޮށްފި

ހުއިފިލަނޑާ ވައްކަމުގައިވެސް ފުލުހެއް، މަސްއޫލިއްޔަތުން އެކަހެރިކޮށްފި

މާލޭގެ ދެ ގެއެއް ބަލައިފާސްކުރުމަށްފަހު 1،438 ކިލޯގެ ހުއިފިލަނޑާ ފުލުހުން އަތުލައިގެން ހުއިފިލަނޑާތަކުގެ މައްސަލާގައި ތުހުމަތުވާ ފުލުސް މީހަ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.

Ad Image
Ads by

މީޑިއާތަކަށް ކުރި މެސެޖެއްގައި ފުލުހުން ބުނީ ކ. ތިލަފުށީގެ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު ވަނީ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާކަމަށެވެ. އަދި 31 ޑިސެމްބަރު 2025 ގައި ފުލުހުންނަށް ހުށަހެޅި މި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، އެ އޮފިސަރާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ވެސް ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުނެފައިވެއެވެ.

މިކަމާއިގުޅިގެން އެ ފުލުސްމީހާގެ ވަނަވަރު މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

މި މައްސަލާގައި މީގެކުރިން ފުލުހުންބުނީ ކ. ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، 31 ޑިސެމްބަރު 2025 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ، މި މައްސަލައިގައި ތުހުމަތުކުރެވިފައިވަނީ، 29 ޑިސެމްބަރު 2025 ވަނަ ދުވަހު، ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާކަމުގެ ތުހުމަތު ކަމަށެވެ.

ފުލުހުންގެ ތަޙުޤީޤަށް އެނގުނު ގޮތުގައި، މި ތަކެތި ތިލަފުށިން މާލެ ގެނެސް ހުރީ މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައެވެ. ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށްފަހު، އެ ހުއިފިލަނޑާތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނެއެވެ.

މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު، މައްސަލަ ހުށަހެޅި ފަރާތާއި ތުހުމަތުކުރެވޭ ފަރާތާ ސުވާލުކުރުމުން، ދެ ފަރާތުން ވެސް އެ ތަކެތީގެ މިލްކުވެރިކަމާ މެދު ދަޢުވާކޮށްފައިވާއިރު، މީގެ ބައެއް ތަކެއްޗަކީ މިހާރު ވެސް ހަލާކުވެފައިވާ އަދި އިތުރަށް ހަލާކުވުމުގެ ފުރުޞަތު އޮތް ތަކެތިކަމަށްވުމުން، އެ ތަކެއްޗާ މެދު ޢަމަލުކުރާނެ ގޮތުގެ ޤާނޫނީ ލަފައަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ފުލުހުން ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
muizzu
ފުނަދޫ އަލިފާނުގެ ހާދިސާގައި އެހީތެރިވި ފަރާތްތަކަށް ރައީސް މުޢިއްޒު ޝުކުރު އަދާކުރައްވައިފި
20261025_120539
އީރާނާ ދެކޮޅަށް ޓްރަމްޕު ކުރަމުންދާ ހަނގުރާމައަކީ އެމެރިކާގެ އަނެއް 'ނިމުމެއްނެތް ހަނގުރާމަ': ސެނެޓަރު ކްރިސް ވަން ހޮލެން
download - 2026-10-25T194343
ވަޓްސްއެޕުން ސްކޭމް ޖައްސައިގެން 32،000 ރުފިޔާ ފޭރުނު ތިން މީހަކު ބަންދުކޮށްފި
mauraz raees hulhuvun
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ރައީސް މުޢިއްޒު ހުޅުއްވައިދެއްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ