Ads by
ޚަބަރު
ރިޔާސީ އިންތިހާބު: ރީ ރަޖިސްޓްރޭޝަންގެ މުއްދަތު މާދަމާ ހަމަވާނެ!

އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އެ މީހެއްގެ އަމިއްލަ ރަށް ނޫން އެހެން ރަށަކުން ވޯޓުލާނަމަ، އެ ރަށަކަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު މާދަމާ ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

Ads by Eki Online

މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވަނީ މާދަމާގެ މުއްދަތު ހަމަވުމާއި ހަމައަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ކޮންމެ ބޭފުޅަކުވެސް، 1414 އަށް ގުޅައިގެން ނުވަތަ މެސެޖް ކޮށްގެން، ރަޖިސްޓަރީ ވެފައިވާ ތަން ޗެކް ކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.

މިހާތަނަށް ރީ-ރަޖިސްޓްރީވުމަށް ޖުމްލަ 30،000 އަށްވުރެ ގިނަ ފޯމު އިލެކްޝަނަށް ވަނީ ހުށަހަޅާފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން، އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނާނެއެވެ. މިފަހަރު ޖުމްލަ 604 ވޯޓު ފޮއްޓެއް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *