Ads by
ޚަބަރު
އެއަރ އެމްބިއުލާންސްގެ ފޮޓޯ ރައީސް އާންމުކުރައްވައިފި
ރައީސް މުޢިއްޒު އާންމުކުރެއްވި އެއަރ އެމްބިއުލާންސްގެ ފޮޓޯ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްގެ ގޮތުގައި ހިމެނުނު އެއަރ އެމްބިއުލާންސްގެ ޚިދުމަތް މާދަމާ ފަށަން ނިންމާފައިވާއިރު، އެ ޚިދުމަތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ބޯޓުގެ ފޮޓޯއެއް އެމަނިކުފާނު އާންމުކުރައްވައިފިއެވެ.

Ads by Eki Online

މާދަމާ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެ ޚިދުމަތުގެ ތެރެއިން އަތޮޅުތަކުން ބަލި މީހުން މާލެއަށް ގެނައުމާ އަދި އިތުރު ފަރުވާއަށް ބޭނުންވާ ފަރާތްތައް ރާއްޖޭން ބޭރަށް އުފުލުމަށް ވަނީ ހަމަޖެހިފައެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ ނ. މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ އެ ޚިދުމަތް ފަށަނީ ޑޭޝް އަށެއްގެ މަތިންދާބޯޓަކާއި ސީޕްލޭނެއް ބޭނުން ކޮށްގެން، އެ ބޯޓުތަކުގެ އެތެރެއަށް އެކަށޭނަ ބަދަލުތައް ގެނެސްގެން ކަމަށެވެ. މިއީ ރާއްޖޭގައި މި ދާއިރާގެ އަމިއްލަ ޤާބިލުކަން އުފެދިގެންދިއުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ޑޭޝް އަށެއްގެ މަތިންދާބޯޓެއްގައި މި ޚިދުމަތް ފެށުމުން ރާއްޖޭގެ ކޮންމެ އެއަރޕޯޓަކުންވެސް ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް ބަލި މީހުން އުފުލޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ބޭނުންވެއްޖެ ހާލަތެއްގައި އަވަށްޓެރި ސްރީ ލަންކާ އާ ހަމައަށް އަދި އެތަނުން އެހެން މަންޒިލުތަކަށްވެސް ދަތުރު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ސީޕްލޭނެއްވެސް މި ޚިދުމަތް ދިނުމަށް ބޭނުންކުރާތީ އެއަރޕޯޓް ނެތް ރަށްރަށުން ބަލިމީހުން އުފުލޭގޮތް ވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ރާއްޖޭގެ އެކި ރަށްރަށުން ބަލި މީހުން އުފުލުމަށް ބޭނުން ކުރަމުން އައީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓުތަކާއި އިންޑިއާގެ ވައިގެ އުޅަނދުތަކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *