Thursday, 13 August 2026
Ads by

މިއަދު އަޅުގަނޑުމެން މިނިވަންކަމާއެކު ނޭވާލާން ދިމާވި އެއް މަދަދުގާރަކީ މޫސާ ޖަލީލް: ނިމާލް

މިއަދު އަޅުގަނޑުމެން މިނިވަންކަމާއެކު ނޭވާލާން ދިމާވި އެއް މަދަދުގާރަކީ މޫސާ ޖަލީލް: ނިމާލް

މިއަދު އަޅުގަނޑުމެން މިނިވަންކަމާއެކު ނޭވާލާން ދިމާވި އެއް މަދަދުގާރަކީ މާލޭސިޓީގެ މޭޔަރުކަމަށް ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ޖެނެރަލް ރިޓަޔާޑް މޫސާ ޖަލީލް ކަމަށް އެލްޖީއޭގެ ސީއީއޯ އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ކޮންގްރެސްޕާޓީގެ މާފަންނު މެދު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިމާލް ވަނީ މޫސާ ޖަލީލްގެ ޚިދުމަތް ފާހަގަކުރައްވާފައެވެ. އަދި އަދުގެ ޒުވާނުންނަށް ބުނެދެއްވީ ޖަލީލަކީ 3 ނޮވެމްބަރުގެ ހީރޯއެއްކަމަށާއި، އެދުވަހު ދިވެހިންގެ މިނިވަންކަމަށް ޖަލީލް ވެ ލެއްވި މަތިވެރި ޤުރުބާނީގެ މަތިން ހަނދާންކޮށް ޖަލީލަށް ވޯޓު ދެއްވުން މުހިންމުކަމަށެވެ. އެދުވަހު ކެރިވަޑައިގެން ހަތިޔާރާއެކު ތަމަޅައިންނާއި ހަނގުރާމަކޮށް ޤައުމުގެ މިނިވަންކަން ދިފާޢުކޮށްދެއްވި ހީރޯއަކު ވޯޓަށް އެދުމުން އަޅުގަނޑުމެން އެކަން ކޮށްދޭން ޖެހޭނެ ކަމަށް ނިމާލް ވިދާޅުވިއެވެ.

ނިމާލް އިތުރަށް ތަފްސީލު ކޮށްދެއްވީ އިހުގައި މާލެތެރޭގެ މުނިސިޕަލްކަންކަމާއި، އާންމު އުނދަގުލުގެ މައްސަލަތައް ހައްލުކުރުމުގައި ސިފައިން ދެއްކެވި ނަމޫނާގެ ވާހަކަތަކެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ދިމާވާ މީދަލުގެ އުނދަގޫފަދަ ކަންކަމަށްވެސް އެޒަމާނުގައި ހައްލު ގެނެސްދެއްވީ ދިވެހި ސިފައިންކަމަށާއި، ތަރުތީބެއްނެތި ހުރި މިފަދަ މައްސަލަތައް ހައްލުކޮށްދީ މާލެސިޓީ ބަދަލުކޮށްދެއްވާނެ ބޭފުޅަކަށް ސިފައިންގެ ޚިދުމަތުން ޝަރަފުވެރި ކަމާއެކު ރިޓަޔާ ކުރައްވާފައިވާ ޖަލީލް ވެގެން ދާނެކަމަށް ނިމާލް ވިދާޅުވިއެވެ.

އަދި މިއަދު އަޅުގަނޑުމެން މިނިވަންކަމާއެކު ނޭވާލާން ދިމާވި އެއް މަދަދުގާރަކީވެސް މޫސާ އަލީ ޖަލީލްކަން ނިމާލް ހަނދާންކޮށްދެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
449094-ca0998d1-a-876x584-1
ރައީސް މުޢިއްޒުއާ ބައްދަލުކުރަން އިތުރު 8 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި
20260813_092003
ހޮރްމޫޒް ކަނޑުއޮޅި އޮތީ އެމެރިކާއިން އަޅާފައިވާ "ވައިޓައިނުލެވޭނެ ދަގަނޑު ފާރެއް" ފަދަ ބްލޮކޭޑެއްގެ ކޮންޓްރޯލްގައި، އީރާނުން ހަނގުރާމައިގެ ބަދަލު ދޭންޖެހޭނެ: ޓްރަމްޕު
Ads by
މަގުބޫލު
770688466_27000402432966038_4102168319744938549_n
ކުރީގެ ބޮޑުވަޒީރު ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލުން ޤުލްފިޝާން އަވަހާރަވެއްޖެ
AB6DE163-F653-4B48-BBD4-7ED2187353D2
ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އުޅުނު ޒުވާން ނަރުސް މިއަދު އަމިއްލަ ފުރާނައަށްޓަކައި އެހީއަކަށް އެދި އާދޭސްކުރަނީ
20260809_104625
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ތެޔޮ އުޅަނދަކަށް ޙަމަލާދީ އޮމާނު ކައިރިން ދެވަނަ އުޅަނދަކަށްވެސް ޙަމަލާ އަމާޒުވެއްޖެ!
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ