Wednesday, 9 September 2026
Ads by

ފަސްޓްލޭޑީ ގޮވާލެއްވީ ސައިންސްގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް!

ފަސްޓްލޭޑީ ގޮވާލެއްވީ ސައިންސްގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް!

ސައިންސްގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

Ad Image
Ads by

ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި ސައިންސްގެ ދާއިރާއިން އަންހެނުން ހޯދަމުންދާ ކާމިޔާބީތަކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ސައިންސްގެ ދާއިރާއަކީ ވަކި ބަޔަކަށް ޚާއްޞަ ދާއިރާއެއް ކަމަށް ދެކޭ ދެކުންތަކުގެ ސަބަބުން، ގޭތެރެއާއި ކްލާސްރޫމްތަކުގައި އަދި މަސައްކަތުގެ މާޙައުލުގައި އަންހެން ކުދިންނަށް އަދިވެސް ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށެވެ.

ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި، އެ ދާއިރާއިން އަންހެނުން ހޯދަމުންދާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް އެކަންކަން ފާހަގަކުރަމުންދާއިރު، މި ދުވަހަކީ ސައިންސްގެ ދާއިރާއިން ކުރިއަށް ދިއުމަށް ހުވަފެން ދެކޭ އަންހެން ކުދިންނާއި، އެކުދިންނަށް ހިތްވަރު ދޭ ބެލެނިވެރިންނާއި މުދައްރިސުންގެ މަސައްކަތް ފާހަގަކުރުމަށް ޚާއްޞަ ދުވަހެއްކަންވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

އެކަމަނާގައި ޕޯސްޓުގައި އަންހެން ކުދިންގެ ހުނަރާއި ޤާބިލުކަން ފުރިހަމައަށް ބޭނުން ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، އެކުދިންނަށް ލިބޭ ހިތްވަރާއި ފުރުޞަތުތައް މަދުވުން ކަމަށް ވިދާޅުވިއެވެ. އަދި މި ހުރަސްތައް ގިނަ ފަހަރަށް ކުރިމަތިވަނީ، ކުދިންގެ އުމުރުގެ ކުރީކޮޅުގައި ކަމާއި މިއީ، ދުނިޔޭގެ ފެންވަރުގައި ކުރިމަތިވެފައިވާ ސީރިއަސް ގޮންޖެހުމެއް ކަމަށާއި، މިއީ އެންމެން ގުޅިގެން ޙައްލުކުރަންޖެހޭ މައްސަލައެއްކަންވެސް ފާހަގަކުރެއްވިއެވެ.

”ދިރާސާތަކުން ދައްކާގޮތުގައި ސައިންސާއި، ހިސާބު ފަދަ މާއްދާތަކުން އަންހެން ކުދިންނަކީ ފިރިހެން ކުދިންނާ އެއްވަރަށް ނުވަތަ އެއަށްވުރެ މޮޅަށްވެސް ނަތީޖާ ހޯދާ ކުދިން،“
އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވަނީ ވަކި އަމާޒެއްގެ ދަށުން މަސައްކަތްކޮށް، އަންހެން ކުދިންނަށް އޮތް ފުރުޞަތުތައް އިތުރުކުރުމަށް ޢިލްތިމާސް ކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި