Ads by
ޚަބަރު
މަޖިލިސް އިންތިޚާބު އެޕްރީލް 21 ގައި ބާއްވަން ނިންމައިފި
މަޖިލިސް އިންތިޚާބުގެ އިންތިޚާބާ ބެހޭ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ:އީސީ

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެޕްރީލު މަހުގެ 21 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ފާސްކޮށްފިއެވެ.

Ads by Eki Online

އީސީން ނިންމާފައި ވަނީ އިންތިޚާބުގެ ވޯޓުލުން 21 އެޕްރީލް ވާ އާދިއްތަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން ހަވީރު 04:00 އަށް ކުރިއަށް ގެންދިއުމަށެވެ. ވޯޓު ގުނަން ފެށުމަށް ނިންމާފައި ވަނީ އެ ދުވަހުގެ ހަވީރު 04:30 ގައެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް އާ ތާރީޚެއް އީސީން ކަނޑައަޅާފައި މި ވަނީ ރޯދަ މަހު އެއްވެސް އިންތިޚާބެއް ނުބާއްވާ ގޮތަށް މަޖިލީހުން އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ގެނައި ފަސްވަނަ އިޞްލާޙު ރައީސް މުޙައްމަދު މުޢިއްޒު މިރޭ ތަޞްދީޤު ކުރެއްވުމާ ގުޅިގެންނެވެ. މީގެކުރިން މަޖިލިސް އިންތިޚާބު ބާއްވަން ހަމަޖެއްސީ އަންނަ މަހުގެ 17 ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުން އެ ބިލު ފޮނުވި ފުރަތަމަ ފަހަރު ރައީސް ވަނީ ބިލު ތަޞްދީޤު ނުކުރައްވާ އަނބުރާ ފޮނުވާލައްވާފައެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް ވެސް މަޖިލީހުން ވަނީ އެ ބިލު ފާސްކޮށްފައެވެ. ރައީސް އެ ބިލު ތަޞްދީޤު ކުރައްވާފައި ވަނީ އެޓަރނީ ޖެނެރަލްގެ ލަފަޔާ އެކުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އެފް ޒެޑް4 މަސް ކުރިން

އެލެކުޝަނުގެ ނިއްމުމަށް މަރުހަބާކިޔަމުން ބުނެލަން އޮތީ ރާއްޖޭގައިރައިޔަތުންގެ މަޖިލީހެށް ެބައޮތްތޯއޭ އަހަރުމެން ރައިޔަތުންނަށް ފެއްނަނީ މަރާބާޑި ކުޅޭ ހައިވާނު މަޖިލިސް އެށް އެމީހުން ހިތަށް އެރީމާ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސި އޮޅާލާފާ ބިތަށްޖަހާފާ ހިތަށް އެރިގޮތަކަށް ބިލުތަށްހަދާފާސްކުރުމަކީ ރައިޔަތުންނަށް މަންފާއެށް ހުރިކަމެށްތޯ؟އެންޑީޕީ އަށްބާރެއްލިބިއްޖެނަމަ ގައުމަށް ހަދަނީހިތަށްއެރިގޮތެށް މިކަމަކީބަލާގަނެވޭނެކަމެށްނޫން

0
0