Ads by
ޚަބަރު
ސަރުކާރުގެ މުވައްޒަފުންނަށް މި މަހުގެ މުސާރަ އާއެކު ރޯދަ އިނާޔަތް ދީފި
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން އަންނަ ވެލާނާ ބިލްޑިންގ - ފޮޓޯ:ރައީސް އޮފީސް

މި މަހުގެ މުސާރަ އާއެކު، ސަރުކާރުގެ މުވައްޒަފުންނަށް ކުރިއަށް އޮތް ރޯދަ މަހުގެ އިނާޔަތް ފިނޭންސް މިނިސްޓްރީން ޖަމާކޮށްފިއެވެ.

Ads by Eki Online

މި އަންނަ މަހުގެ 11 ވަނަ ދުވަހު ރޯދަ މަސް ފެށޭއިރު، ސަރުކާރުގެ މުވައްޒަފުންނަށް އިއްޔެ ރޯދަ އިނާޔަތް ދީފައި މި ވަނީ، ހިނގަމުން މިދާ ފެބްރުއަރީ މަހުގެ މުސާރަ އާއެކު ގައެވެ.

ވަޒީފާ އާ ބެހޭ ޤާނޫނުގައި ބުނެފައި ވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން، ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި މަދުވެގެން 3،000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ. އެ އިނާޔަތް ނުލިބޭ ކަމަށްވާ ނަމަ، ޝަކުވާ ހުށަހަޅަން ޖެހެނީ ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށެވެ.

ސިވިލް ސާވަންޓުންނާއި މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންނަށް ވެސް ސަރުކާރުން މިހާރު ވަނީ ރޯދަ އެލަވަންސް ދީފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ޔަޤީންތަ ތިޔަހެދެނީ ތެދުކަން؟2 މަސް ކުރިން

ފެބުރުވަރީގެ މުސާރަވެސް ރަމަޟާން އިނާޔަތެއްވެސް އަދި ޖަމާނުވޭ

0
0