Wednesday, 9 September 2026
Ads by

ސަރުކާރަށް އެންމެ ބޮޑަށް ފާޑުކީ ”އަދަދު“ގެ ނޫސްވެރިޔާ އާއިދު ދާއިރާދޫކޮށް ސަރުކާރާއި ގުޅެނީ

ސަރުކާރަށް އެންމެ ބޮޑަށް ފާޑުކީ ”އަދަދު“ގެ ނޫސްވެރިޔާ އާއިދު ދާއިރާދޫކޮށް ސަރުކާރާއި ގުޅެނީ

ސަރުކާރަށް އެންމެ ބޮޑަށް ފާޑުކީ އަދަދު ނޫހުގެ ނޫސްވެރިޔާ އަހުމަދު އާއިދު، ނޫސްވެރިކަމުގެ ދާއިރާ ދޫކޮށްލައި ސަރުކާރުގެ ވަޒީފާއަކަށް އަންނަން އުޅޭކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

Ad Image
Ads by

ސަރުކާރުގެ ވަޒީފާއަކަށް އަންނަން އުޅޭކަމުގެ ވާހަކަތައް ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، އާއިދު އެކްސްގައި ޙިއްޞާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ނޫސްވެރިކަމުގެ ދާއިރާއާއި އޭނާ ދުރަށް ދާން ނިންމި ނިންމުމަކީ ވަރަށް ފުންކޮށް ވިސްނުމަށް ފަހު, ވަރަށް ބުރަ ހިތަކާއެކު ނިންމި ނިންމުމެއް ކަމަށެވެ. އާއިދުގެ ޕޯސްޓުގައި ބުނެފައިވަނީ، ނޫސްވެރިކަމުގެ ދާއިރާގައި ހޭދަކޮށްފައިވާ އަހަރުތަކަކީ އޭނާގެ ޙަޔާތުގައި އުފެދުނު އެންމެ ވަރުގަދަ އަދި އެންމެ މުހިންމު އަހަރުތައް ކަމަށާއި، ނޫސްވެރިކަމުގެ ދާއިރާގައި އޭނާއަށް އެތަކެއް ގޮންޖެހުންތަކާ ކުރިމަތިވި ކަމަށެވެ.

އާއިދުއާއެކު އަދަދު ނޫހުގައި މަސައްކަތްކުރި މުވައްޒަފުންނަށް ޝުކުރުއަދާކުރަމުން އޭނާ ޙިއްޞާކުރި ޕޯސްޓުގައި ބުނެފައިވަނީ، އެފަދަ ސަޕޯޓިވް ޓީމަކާ އެކު ތިން އަހަރާއި ހަމަސް ދުވަސް ވަންދެން މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެން ދިއުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އާއިދު ވަނީ އޭނާގެ މި ނިންމުމާމެދު އެކި ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ވެސް ރައްދު ދީފައެވެ.

”މިފަހަކަށް އައިސް އަޅުގަނޑުގެ މި ނިންމުމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކާއި، ނުސީދާކޮށް ދެއްކި ވާހަކަތަކަށް ވެސް އަޅުގަނޑު ބަލައިލިން، ސިޔާސީ ފަރާތްތަކުން ދައްކާ މިފަދަ ވާހަކަތަކަކީ އާ ވާހަކަތަކެއް ނޫން. ނަމަވެސް އެއަށް ވުރެ ބޮޑަށް ހިތާމަ ކުރާ ކަމަކީ، ކަމަކާ ގުޅިގެން މަޢުލޫމާތު ލިބުމުން އެކަން ކަށަވަރު ކުރުމުގެ ހުނަރު ލިބިފައިވާ ބައެއް ނޫސްވެރިން، އެކަމުގެ ދޮގު ތެދު ހޯދަން މަސައްކަތް ނުކުރާތީ. މި ފުރުޞަތުގައި އަޅުގަނޑުގެ މަސައްކަތުން ނޭދެވޭ އަސަރު ކުރި މީހުންގެ ކިބައިން މަޢާފަށް އެދެން. އަޅުގަނޑުގެ އަބަދުވެސް އަމާޒަކީ ޕްރޮފެޝަނަލިޒަމް، އިންޓެގްރިޓީ އަދި އިންސާފުވެރިކަން ދެމެހެއްޓުން،“ – އާއިދު އެކްސްގައި ޙިއްޞާކުރި ޕޯސްޓުގައި ބުންޏެވެ.

ރާއްޖޭގެ އިޖްތިމާޢީ އަދި ސިޔާސީ މައިދާނުގައި ބައްދަލުކުރެވުނު ފަރާތްތަކުން އާއިދުއަށް ކުރި އިތުބާރު ފާހަގަކޮށް، އޭނާ ވަނީ އެ ފަރާތްތަކަށް ޝުކުރު ވެސް އަދާކޮށްފައެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާ ދޫކޮށް ދާއިރު، އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިޙުތިރާމްކުރާ ކަން ފާހަގަކުރަމުން އާއިދު ބުނެފައިވަނީ، އޭނާގެ މި ދަތުރުގައި ލިބުނު ފިލާވަޅުތަކާއި، ފުރުޞަތުތަކާއި، ގުޅުންތަކަށް ޝުކުރުވެރިވެ، ކުރިއަށް އޮތް ކޮންމެ ކަމަކަށް މަޑުމައިތިރިކަމާއި، ޝުކުރުވެރިކަމާއެކު ކުރިމަތި ލާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު