Friday, 6 March 2026
Ads by

ސަރުކާރު ޖަވާބުދާރީ ކުރުވަން އެހެންބަޔަކު ބޭނުމެއްނުވޭ، އެކަން ރައީސް އެބަ ކުރައްވާ: އަލީ އާރިފް

ސަރުކާރު ޖަވާބުދާރީ ކުރުވަން އެހެންބަޔަކު ބޭނުމެއްނުވޭ، އެކަން ރައީސް އެބަ ކުރައްވާ: އަލީ އާރިފް

މިސަރުކާރު ޖަވާބުދާރީ ކުރުވަނީ ރައްޔިތުންގެ ދަރުބާރުގައި ރައީސް ޑރ. މުޢިއްޒު އަމިއްލަފުޅަށް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފް ވިދާޅުވެއްޖެއެވެ.

Ad Image
Ads by MN Maldives

މިނިސްޓަރ މިފަދައިން ވިދާޅުވެފައިމިވަނީ ކުރިއަށްއޮތް ކައުންސިލް އިންތިޚާބުގައި ސަރުކާރު ޖަވާބުދާރީކުރަން އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ކެމްޕޭނު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

 

 

މިކަމަށް ޢިޝާރާތް ކުރައްވާ އަލީ އާރިފް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވާކަށް އިތުރު ބަޔަކު ނުޖެހޭކަމަށާއި، ރައީސް އަމިއްލަފުޅަށް ރައްޔިތުންގެ ގާތަށްގޮސް އެމަސައްކަތް އެބަ ކުރައްވާ ކަމަށެވެ.

”އިދިކޮޅުން ބުނާކަމަށްވަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން ވޯޓެއް ދޭށޭ، ނޫން ނޫން، އެހެން މީހަކު އެކަން ކުރެވޭތޯ ބަލާކަށް ރައީސް މުޢިއްޒު މަޑެއް ނުކުރައްވާ، ވަޒީރުންނާ އެމްޑީން ގޮވައިގެން ރާއްޖޭގެ ހުރިހާ ރައްޔިތުން ގާތަށް ސީދާ ވަޑައިގެން، ރައްޔިތުންގެ ދަރުބާރުގައި ރައީސް މުޢިއްޒު އަމިއްލަފުޅަށް  މި ސަރުކާރު ޖަވާބުދާރީ އެ ކުރުވަނީ“ އަލީ އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ މިހާރުވެސް ސިލްސިލާ ގޮތެއްގައި އެކި ފަންތީގެ އެކި ގިންތީގެ ރައްޔިތުންގެތެރެއިން ގާތަށް ރައީސް އަމިއްލަފުޅަށް ވަޑައިގެން ޖަވާބުދާރީވެ ވަޑައިގަންނަވަމުން އެބަ ގެންދަވާކަމަށެވެ. މަދު މީސްކޮޅެއްގެ ބަދަލުގައި ރައީސް ވަޑައިގަންނަވަނީ ސީދާ ރައްޔިތުންގެ ދަރުބާރަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދެ އަހަރަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި، އެއީ ޖުމްލަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 187 ރަށަށް ޒިޔާރަތް ކުރައްވާފައެވެ. އަދި މާލެސިޓީއަށް ނިސްބަތްވާ ރައްޔިތުންނާއި، ވިޔަފާރިވެރިން، ޒުވާނުން، މަސްވެރިން، ޓެކްސީ ދުއްވާ ފަރާތްތައް، މިހެންގޮސް އެކި ދާއިރާތަކުން ގިނަ ރައްޔިތުންނާއި ބައްދަލުކުރައްވާ، ކަންބޮޑުވުންތައް އަޑު އައްސަވާ ސީދާ މައްސަލަތައް ދެނެގަތުމަށް ރައީސް މުޢިއްޒު ވަނީ މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ރެކޯޑެކެވެ. ކޮންމެ ރަށަކަށް ކުރައްވާ ކޮންމެ ދަތުރުފުޅަކާއެކު ރައީސް މުޢިއްޒު ދެއްވަމުންގެންދަވާ މުހިންމު މެސެޖަކީ، ކޮންމެ ރަށެއް ވެސް މުހިންމު ކަމާއި، ކޮންމެ ރައްޔިތަކަށް ވެސް ފުރިހަމަ އަޅާލުން ޙައްޤުކަމެވެ. އެމަނިކުފާނު އިސްކުރެއްވީ ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި، ރައްޔިތުންނާ ގާތުން ޚިދުމަތް ދެއްވުމަށެވެ. މިދެންނެވި މުއްދަތުގައި މިހާތަނަށް އިންތިޚާބުވެފައިވާ އެއްވެސް ރައީސަކު މި އަދަދަށް ރައްޔިތުންގާތަށް ދަތުރުކޮށްފައެއް ނުވެއެވެ. އަދި ރައްޔިތުންގެ އަޑު އައްސަވާފައިވެސް ނުވެއެވެ. ނަމަވެސް، ރައީސް މުޢިއްޒުގެ މި ދަތުރުފުޅުތަކުން ހާމަކޮށްދެނީ މިމަސައްކަތުގެ އަޑީގައިވާ ފުން މާނައެކެވެ. އެއީ ރައްޔިތުންނާއި ގާތުން ވެރިކަން ކުރައްވާ، ހެޔޮ ވެރިއެއްގެ ޒަޢާމަތެކެވެ. ފުރަތަމަ ރައްޔިތުންގެ އަޑުއަހާ، ދެން އެމީހުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް ޢަމަލުކުރާ ވެރިކަމެކެވެ. މިއީ މޭޒުދޮށުގައި ނޫން، އެހެނަސް ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ފަޅީގައި ހުންނަަވައިގެން، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާ، ޙަރަކާތްތެރި ވެރިކަމެއްގެ ފުރިހަމަ މިސާލެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
qaumee mugarrir
ވިހައިގެން 2 އަހަރު ވަންދެން ދުވާލަކު 1 ގަޑިއިރު ދަރިންނާއެކު ހޭދަކުރެވޭނެގޮތް ހަމަޖައްސަނީ
eydhafushi
އޭދަފުށީގައި ޤާއިމްކުރާ އެމްއެންޔޫ ކެމްޕަހުގެ ޢަމަލީ މަސައްކަތް ފަށައިފި
mascase 2
މި ފަހަރު ރޯދަ ހަދިޔާ 113،382 ގޭބިސީއަކަށް ދޫކުރި
shifa mayor
ޕީއެންސީ ކެންޑިޑޭޓް ރީނުގެ ޖަގަހަ ހުޅުވަން ދިއުމުން ބަޔަކު ކަންބޮޑުވާކަށް ނުޖެހޭ: ޝިފާ
Ads by
މަގުބޫލު
Ayatollah-Ali-Khamenei-
ރޫޙާނީ ލީޑަރު ޚާމަނާއީ އަވާހަރައެއްނުވޭ، ޙާލުކޮޅު ރަނގަޅު: އީރާން
d9c7283c-dff7-4d34-9e99-575549109b22
މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާގެ ތާއީދު ޕީއެންސީ އަށް!
bodu_thakuru
ބާޒާރުމަތި ގަދަކަނޑަކުން އަމާން ދަތުރަކަށް - އިހުމާލަށް ނިމުން އައި އިންޤިލާބީ ބަދަލު!
IMG_8428
ޔަހޫދީންގެ ނިރުބަވެރި ހަމަލާތަކުގައި ޚާމަނާއީ އަވަހާރަވެފައިވާކަން އީރާނުން ޔަޤީންކޮށްދީފި
Ayatollah-Ali-Khamenei-
ރޫޙާނީ ލީޑަރު ޚާމަނާއީ އަވާހަރައެއްނުވޭ، ޙާލުކޮޅު ރަނގަޅު: އީރާން
d9c7283c-dff7-4d34-9e99-575549109b22
މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާގެ ތާއީދު ޕީއެންސީ އަށް!
bodu_thakuru
ބާޒާރުމަތި ގަދަކަނޑަކުން އަމާން ދަތުރަކަށް - އިހުމާލަށް ނިމުން އައި އިންޤިލާބީ ބަދަލު!
IMG_8428
ޔަހޫދީންގެ ނިރުބަވެރި ހަމަލާތަކުގައި ޚާމަނާއީ އަވަހާރަވެފައިވާކަން އީރާނުން ޔަޤީންކޮށްދީފި