Ads by
ޚަބަރު
ބީއެމްއެލް ސްމޯލް ގްރާންޓްސްއިން ކިހާދޫއަށް ހައިޑްރޯޕޯނިކްސް ސިސްޓަމެއް
ބީއެމްއެލްގެ ސްމޯލް ގްރާންޓް ފަންޑުގެ އެހީގައި ކިހާދޫގައި ގްރީންހައުސް ހައިޑްރޯޕޯނިކްސް ސިސްޓަމެއް ވަނީ ގާއިމުކޮށްފައި - ފޮޓޯ:ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްމޯލް ގްރާންޓް ފަންޑުގެ އެހީ އާއެކު ބ. ކިހާދޫގައި ގްރީންހައުސް ހައިޑްރޯޕޯނިކްސް ސިސްޓަމެއް ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) އިން ގާއިމުކޮށްފިއެވެ.

Ads by Eki Online

ބީއެމްއެލުން ބުނެފައި ވަނީ މި ޕްރޮޖެކްޓުގެ ދަށުން ކިއުކަމްބާ އަދި ލެޓިއުސް ހެއްދުމަށް ހަތަރު ހައިޑްރޯޕޯނިކްސް ސިސްޓަމް ގާއިމުކޮށްފައިވާ ކަމަށެވެ. ކޮންމެ ސިސްޓަމެއްގައި 180 ސްލޮޓް ހިމެނޭއިރު، އެއްފަހަރާ 700 އަށް ވުރެ ގިނަ ގަސް ހެއްދޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. ބީއެމްއެލުން ބުނީ މި ޕްރޮޖެކްޓުން ލިބޭ އާމްދަނީ ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ޖަމިއްޔާގެ ހަރަކާތްތަކަށް ކަމަށެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާ ގުޅިގެން ކިޑްސްއިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ދަނޑުވެރިކަމާއި ހައިޑްރޯފޮނިކްސް އާ ގުޅޭގޮތުން ހޭލުންތެރި ކުރުމަށް ޓްރެއިންގ ސެޝަންތަކެއް ބާއްވާފައި ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތަޢާރަފުކުރި ބީއެމްއެލް ސްމޯލް ގްރާންޓް ފަންޑަކީ ތިމާވެށްޓާ ގުޅޭ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި ދެމެހެއްޓެނިވި ތަރައްޤީ އާއި ތިމާވެށީގެ ކަންކަމާ ގުޅޭ ޕްރޮޖެކްޓުތައް ހިންގުމަށް ޖަމިއްޔާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ތަޢާރަފުކުރި ފަންޑެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *