Wednesday, 9 September 2026
Ads by

މަސްދަޅު ކޭސް މާލޭ ސަރަޙައްދުގައި ދޫކުރާނެ އެންމެ ފަހު ދުވަހަކީ މާދަމާ

މަސްދަޅު ކޭސް މާލޭ ސަރަޙައްދުގައި ދޫކުރާނެ އެންމެ ފަހު ދުވަހަކީ މާދަމާ

މަސްދަޅު ކޭސް---

ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ހުރިހާ ގޭބީސީތަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް މާލޭ ސަރަޙާއްދުގައި ދޫކުރާނެ އެންމެ ފަހު ތާރީޚަކީ 11 ފެބްރުއަރީ 2026 ވާ ބުދަ ދުވަސް ކަމަށް، ސިޓީސް މިނިސްޓްރީން ހާމަކޮށްފިއެވެ.

Ad Image
Ads by

ސިޓީސް މިނިސްޓްރީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ގްރޭޓަރ މާލެ ސަރަޙައްދުގެ ގޭބިސީތަކަށް ދޫކުރުން ކުރިއަށްދާނީ މި މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ.

https://x.com/MoCLPmv/status/2021172449921097918

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް ދޫކުރަން ފެށިތާ 17 ދުވަސްވެފައިވާއިރު މި މަސައްކަތް ފަށާފައިވަނީ ހުސްވި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ކުރީ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 48 ދަޅު ހިމެނޭ މަސްދަޅު ކޭހެވެ. މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންމެ ރެޔަކު 20:30 އިން ފެށިގެން 11:00 އާއި ހަމައަށެވެ.

މާލޭ ސަރަހައްދުގައި ޖުމުލަ 15 ތަނަކުން މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާއިރު މާލޭގެ އަށް ތަނަކުން، ވިލިމާލޭގެ އެއް ތަނަކުން އަދި ހުޅުމާލޭގެ ހަ ތަނަކުން މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މާލޭގައި މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި:

  • މިފްކޯ މަރުކަޒު
  • ސޯޝަލް ސެންޓަރު
  • އެމްޓީސީސީ ސޯމިލް
  • ބޯޅަ ދަނޑު
  • ގަލޮޅު ބޯޅަ ދަނޑުގެ ހަތަރު ފަރާތް

ހުޅުމާލޭގައި މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ތަންތަން:

  • އުމަރު ޒާހިރު ބިލްޑިން
  • ޕޮލްކޯ ޓަވަރު
  • މުހައްމަދު ގާސިމް ޕްރީސުކޫލް
  • ކާމިލް ދީދީ ސްކޫލް
  • ހިޔާ ޓަވަރު 10
  • ވިނަރެސް ފްލެޓް

ވިލިމާލޭގައި މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ވިލިމާލޭ ވެމްކޯ ސައިޓުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މަހުގެ 11 ވަނަ ދުވަހަށް ފަހު ރޯދަ ހަދިޔާ ނުނަގާ ގޭބިސީތަކަށް އެ ހަދިޔާ ދޫކުރާނީ މާފަންނުގައި ހުންނަ މިފްކޯ ފިހާރައިންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި