Wednesday, 9 September 2026
Ads by

ރަމަޟާން މަހު އަތޮޅު އިޙްޔާ ފޯރަމް 10 ރަށެއްގައި އޮންނާނެ

ރަމަޟާން މަހު އަތޮޅު އިޙްޔާ ފޯރަމް 10 ރަށެއްގައި އޮންނާނެ

މީގެ ކުރިން ބޭއްވުނު އިޙްޔާ ފޯރަމެއްގެ ތެރެއިން--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ ރަމަޟާން މަހު އަތޮޅު އިޙްޔާ ފޯރަމް 10 ރަށެއްގައި ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

Ad Image
Ads by

އިސްލާމިކް މިނިސްޓްރީން ބުނީ، މި އަހަރުގެ އިޙްޔާ ފޯރަމްތައް ބާއްވާނެ ރަށްތައް ފައިނަލްކޮށްފައިވަނީ، އެކަމަށް އެދި ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބަލައި، އެ ރަށްރަށުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ވަރަށް ފުރިހަމައަށް ރިޢާޔަތްކުރުމަށްފަހުގައި ކަމަށެވެ.

އެގޮތުން އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވާ 10 ރަށަކީ، ގދ. ތިނަދޫ، ތ. ދިޔަމިގިލި، ގދ. މަޑަވެލި، ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދޫއެވެ.

މި ސިލްސިލާ ފޯރަމްތަކުގެ މައިގަނޑު މަޤުޞަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ބަރަކާތްތެރި ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ޢާންމުންނަށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން، ހޮވޭ ނަސީބުވެރިންނަށް އަގުހުރި ޚާއްޞަ އިނާމުތަކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އިޙްޔާ ފޯރަމްތަކުގެ ތާވަލު:

  • ރަމަޟާން މަހުގެ ފުރުތަމަ އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ތ. އަތޮޅު ދިޔަމިގިލީގައެވެ. ދިޔަމިގިލީގައި އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ފެބްރުއަރީ 2026 (3 ރަމަޟާން 1447) ވާ ހުކުރު ދުވަހުއެވެ.
  • މައުޟޫޢު: ރަމަޟާން މަހުގެ މާތްކަން
  • ޢިލްމުވެރިޔާ: އައްޝައިޚް ޢާޒިމު ޙާލިދު

 

  • ރަމަޟާން މަހުގެ ދެވަނަ އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ގދ. ތިނަދޫގައެވެ. ތިނަދޫ ސިޓީގައި އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ފެބްރުއަރީ 2026 (6 ރަމަޟާން 1447) ވާ ހޯމަ ދުވަހުއެވެ.
  • މައުޟޫޢު: އަޅުކަންތަކުގައި އެކުލެވޭ ޢިބުރަތްތައް
  • ޢިލްމުވެރިޔާ: އައްޝައިޚް ޢުސާމް މުޙައްމަދު ސަޢީދު

 

  • ރަމަޟާން މަހުގެ ތިންވަނަ އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ގދ. މަޑަވެލީގައެވެ. މަޑަވެލީގައި އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 24 ފެބްރުއަރީ 2026 (7 ރަމަޟާން 1447) ވާ އަންގާރަ ދުވަހުއެވެ.
  • މައުޟޫޢު: ޤުރްއާނުގެ އުންމަތް
  • ޢިލްމުވެރިޔާ: އައްޝައިޚް ޢަބްދުﷲ މިފްޒާލު

 

  • ރަމަޟާން މަހުގެ ހަތަރުވަނަ އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ގދ. ގައްދޫގައެވެ. މަޑަވެލީގައި އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 25 ފެބްރުއަރީ 2026 (8 ރަމަޟާން 1447) ވާ ބުދަ ދުވަހުއެވެ.
  • މައުޟޫޢު: ނަބަވީ މަދަރުސާ: އުނގަންނައިދިނުމުގެ ލާމަސީލު ނަމޫނާ
  • ޢިލްމުވެރިޔާ: އައްޝައިޚް މުޙައްމަދު އިމްތިތާޢު

 

  • ރަމަޟާން މަހުގެ ފަސްވަނަ އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. އިހަވަންދޫގައެވެ. އިހަވަންދޫގައި އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ފެބްރުއަރީ 2026 (10 ރަމަޟާން 1447) ވާ ހުކުރު ދުވަހުއެވެ.
  • މައުޟޫޢު: މައިންބަފައިންނާއި ދަރިންގެ ގުޅުން – ހުސްކަން ނައްތާލުން
  • ޢިލްމުވެރިޔާ: އައްޝައިޚް މުޙައްމަދު ސާމީ

 

  • ރަމަޟާން މަހުގެ ހަވަނަ އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ޅ. ނައިފަރުގައެވެ. ނައިފަރުގައި އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 3 މާރިޗު 2026 (14 ރަމަޟާން 1447) ވާ އަންގާރަ ދުވަހުއެވެ.
  • މައުޟޫޢު: ހިތުގެ ހަމަޖެހުން
  • ޢިލްމުވެރިޔާ: އައްޝައިޚް މުޠީޢު އިސްމާޢީލު

 

  • ރަމަޟާން މަހުގެ ހަތްވަނަ އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ކ. ހިންމަފުށީގައެވެ. ހިންމަފުށީގައި އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 4 މާރިޗު 2026 (15 ރަމަޟާން 1447) ވާ ބުދަ ދުވަހުއެވެ.
  • މައުޟޫޢު: އަޅުކަން މަޤުބޫލުވުން
  • ޢިލްމުވެރިޔާ: އައްޝައިޚް ޙަސަން ތަޢުފީޤު

 

  • ރަމަޟާން މަހުގެ އަށްވަނަ އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ. ގުރައިދޫގައި އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 6 މާރިޗު 2026 (17 ރަމަޟާން 1447) ވާ ހުކުރު ދުވަހުއެވެ.
  • މައުޟޫޢު: އިންސާނާއަށް ދެއްވާފައިވާ ނިޢުމަތްތަކާ މެދު ސުވާލުވެވޭނެ
  • ޢިލްމުވެރިޔާ: އައްޝައިޚް އަޙްމަދު މަޢުމޫން

 

  • ރަމަޟާން މަހުގެ ނުވަވަނަ އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ލ. މާވަށުގައެވެ. މާވަށުގައި އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 9 މާރިޗު 2026 (20 ރަމަޟާން 1447) ވާ ހޯމަ ދުވަހުއެވެ.
  • މައުޟޫޢު: ފާފައިގެ އަޡަރު – ދުނިޔެއާއި އާޚިރަތުގައި
  • ޢިލްމުވެރިޔާ: އައްޝައިޚް ޢަޠީފް އަބޫބަކުރު

 

  • ރަމަޟާން މަހުގެ 10 ވަނަ އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ރ. މީދޫގައެވެ. މީދޫގައި އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 11 މާރިޗު 2026 (22 ރަމަޟާން 1447) ވާ ބުދަ ދުވަހުއެވެ.
  • މައުޟޫޢު: ދީނުގައި ސާބިތުވުން
  • ޢިލްމުވެރިޔާ: އައްޝައިޚް ޢަލީ ޝަހީދު

ފާހަގަކޮށްލެވޭ ގޮތުގައި، ޢާންމުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހު މާލެ އަދި އަތޮޅުތެރޭގެ ރަށްރަށުގައި އިސްލާމިކް މިނިސްޓްރީން އަންނަނީ އިޙްޔާ ފޯރަމްތައް ކުރިއަށްގެންދަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި