Ads by
ޚަބަރު
ށ. އަތޮޅު ހޮސްޕިޓަލަކީ ހުރިހާ މާނައެއްގައި ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ހަދާނަން: ރައީސް
ފުނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުޢިއްޒު ވާހަކަފުޅުދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް

މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ހޮސްޕިޓަލަކީ ހުރިހާ މާނައެއްގައި ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ހެދުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ފުނަދޫ ރައްޔިތުންނާ އަންގާރަ ދުވަހު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު އެ ރަށަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުން ކިއުއްވި މަރުޙަބާއަކީ މިހާތަނަށް އެންމެ ގިނަ ރައްޔިތުން ނުކުމެވަޑައިގެން ކިއުއްވި މަރުޙަބާކަން ފާހަގަކުރައްވައި، އެ ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެންމެ އިސްކަމެއް ދެއްވާނެ އެއްކަމަކީ ފުނަދޫގެ ހޮސްޕިޓަލުގެ ފެންވަރު މަތިކުރުން ކަމަށާއި އެގޮތުން އެ ހޮސްޕިޓަލަކީ ޚިދުމަތުގެ ގޮތުންނާއި އިމާރާތުގެ ގޮތުންވެސް ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށްވާނެ ކަމުގައެވެ. ހަމައެހެންމެ ފުނަދޫ އެއާޕޯޓު އިތުރަށް ތަރައްޤީ ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި އެއާޕޯޓުގެ ރަންވޭ އިތުރަށް ދިގު ކުރުމާއި އެއާޕޯޓުގެ ޚިދުމަތްތައް ރަނގަޅު ކުރުމާއި ފްލައިޓުތައް އިތުރުކުރުން ފަދަ ކަންކަން ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ށ. އަތޮޅުގައި ހުރި ރަށްރަށުގެ ތެރެއިން ޓޫރިޒަމް ފުޅާކުރުމަށް ބޭނުން ކުރެވިދާނެ ރަށްރަށުގެ ބޭނުން ހިފައި ޓޫރިޒަމް ފުޅާކުރުމާއި ފުނަދޫގައި ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމާއި މިހާރުވެސް އޮތް ގޮތަށް އާބާދީ އެއްފަސްކުރުމުގެ ކަންކަން ކުރިމަގުގައިވެސް ކުރިއަށް ގެންދިއުމަށް މަގުފަހިވާގޮތަށް ކަންކަން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދަވާނެކަން ފާހަގަކުރެއްވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *