Ads by
ޚަބަރު
މުޅި އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ށ. އަތޮޅު ކައުންސިލުން ރައީސަށް ހިއްސާކޮށްފި
ރައީސް މުޢިއްޒު ށ. އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

މުޅި އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް މެންބަރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހިއްސާކުރައްވައިފިއެވެ.

Ads by Eki Online

ށ. އަތޮޅު ކައުންސިލުން މި ކަންކަން ހިއްސާކުރައްވާފައި ވަނީ ރައީސް އަތޮޅު ކައުންސިލް މެންބަރުންނާ އެކު އަންގާރަ ދުވަހުގެ ރޭ އެ އަތޮޅު، އަތޮޅު ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އަތޮޅުގެ ތަރައްޤީއަށް ޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން ފަތުރުވެރިކަން ތަރައްޤީ ކުރުމަށް މަގުފަހިކޮށްދެއްވުމަށާއި އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރުމަށާއި ފުނަދޫގައި ޕާސްޕޯޓް ކަލެކްޝަން ޕޮއިންޓެއްގެ ޚިދުމަތް ދޭން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އައިސްޕްލާންޓެއް ގާއިމުކުރައްވައި މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެ ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *