Wednesday, 9 September 2026
Ads by

ޔަހޫދީން ފަލަސްޠީނުގެ ބިންތައް ފޭރުން، އިސްލާމީ ޤައުމުތަކުން މާބޮޑު ސަމާލުކަމެއް ނުދިން

ޔަހޫދީން ފަލަސްޠީނުގެ ބިންތައް ފޭރުން، އިސްލާމީ ޤައުމުތަކުން މާބޮޑު ސަމާލުކަމެއް ނުދިން

ޔަހޫދީން ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުންތަކެއްގެ ސަބަބުން ފަލަސްތީނުގެ ބިންތައް ޔަހޫދީންނަށް ގަނެވޭގޮތަށް ހެދުމުންވެސް އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްލުން ނޫންކަމެއް ސަޢުދީ ޢަރަބިއްޔާއާއި ޢުރުދުންއާއި އެކުވެރި ޢަރަބި އިމާރާތާއި ޤަޠަރު ހިމެނޭހެން މެދުއިރުމައްޗާއި މުސްލިމް އާބާދީ ބޮޑު އަށް ޤައުމަށް ނުކުރެވުނެވެ.

Ad Image
Ads by

ފެބްރުއަރީ މަހުގެ 8ވަނަ ދުަވަހު ޔަހޫދީން ނިންމާފައިވާ ނިންމުމެއްގެ ސަބަބުން ޔަހޫދީ ވަޒަންވެރިންނަށް ހުޅަނގު އައްސޭރިން ބިން ގަތުމަށް ފަސޭހަވެގެން ދާނެއެވެ. އަދި ފަލަސްޠީނުގެ ފުރިހަމަ ބާރު އޮތް ކަމަށް ބުނާ ސަރަޙައްދުތަކުގައި ޔަހޫދީންގެ ބާރުތައް އިތުރުވާނެއެވެ.

މިކަމާއި ގުޅިގެން އިންޑޮނޭޝިޔާއާއި ޕާކިސްތާނާއި މިޞްރާއި ތުރުކީވިލާތް ވެސް ހިމެނޭ ގޮތަށް ޤައުމުތަކުގެ ޚާރިޖީ ވަޒީރުން އެކުގައި ނެރުނު ބަޔާނެއްގައި ބުނީ ޔަޙޫދީންގެ ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނުނުތަކާ ޚިލާފު ނިންމުމެއް ކަމަށެވެ. ޔަހޫދީންގެ ޢަމަލުތަކުގެ ސަބަބުން ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮތުމުގެ ސިޔާސަތަށް ހިޔަނިއެޅޭ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އޭގެ ސަބަބުން ސަރަޙައްދީ ހަމަޖެހުމަށް ވެސް ބުރޫ އަރާ ކަމަށް ފާހަގަކޮށްފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ ޔަހޫދީންގެ ބޭނުމަކީ އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކަކީ ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ޤާއިމް ކުރުން ކަމަށެވެ. އެ ގޮތުން ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިވެ ދިރިއުޅޭ ސަރަޙައްދުތައް އިތުރުކޮށް، އެ ސަރަޙައްދުތަކުގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި ހިންގުމަށް ބަދަލުތައް ގެންނަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ފަލަސްޠީނުގެ ބިންތަކަކީ ޔަހޫދީންގެ ބިންތަކަކަށް ހެދުމަށް އެ ޤައުމުގެ ރައްޔިތުން ވަޒަނުން ބޭރު ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގެ މައްޗަށް އެއްވެސް ޤާނޫނީ އިސްތިޤުލާލެެއް ޔަހޫދީންނަށް ލިބިގެން ނުވާ ކަމަށެވެ. އަދި ޔަހޫދީންނާ ދެކޮޅަށް ބައިނަލްއަޤްވާމީ ދުނިޔެއިން ތެދުވެ ފިއްތުންތައް ކުރިމަތިކުރުވަން ވެސް ޤައުމުތަކުގެ ވަޒީރުން ގޮވާލައްވާފައިވެއެވެ. ދާއިމީ ގޮތަކަށް ޞުލްޙަ ޤާއިމް ކުރެވޭނީ ފަލަސްޠީނަކީ 1967ވަނަ އަހަރުގައި އޮތް ސަރަޙައްދީ ރޮނގުގެ މައްޗަށް ބިނާކޮށް، ފަލަސްޠީނުގެ ވެރިކަންކުރާ ރަށުގެ ގޮތުގައި އިރުމަތީ ޤުދުސްއޮވެ އަމިއްލަ ދައުލަތެއް ޤައިމް ކޮށްގެން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މިނިވަން ދައުލަތެެއްގެ ގޮތުގައި އޮވެ ފަލަަސްޠީނުން އަމިއްލަ ދައުލަތުގެ މައްޗަށް ބާރު ހިންގުމުގެ ފުރުޞަތު ދޭން ޖެހޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މިބަޔާނުގެ އިތުރުން ބޮޑެތި ޢަރަބި ޤައުމުތަކުން ޔަހޫދީންގެ މިނުބައި ރޭވުންތަކާއި ދެކޮޅަށް އެދެވޭގޮތެއްގައި މަސައްކަތްތަކެއް ކުރާތީ ނުފެނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި