Sunday, 26 July 2026
Ads by

އާންމު ތަންތަނުގައި ބިކިނީގައި އުޅޭ ފަތުރުވެރިންނަށް ފިޔަވަޅު އަޅަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އާންމު ތަންތަނުގައި ބިކިނީގައި އުޅޭ ފަތުރުވެރިންނަށް ފިޔަވަޅު އަޅަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

2015 ވަނަ އަހަރު އާޓިފިޝަލް ބީޗުގައި ބަހައްޓާފައިވާ ބޯޑެއް: ފޮޓޯ / ސަން

ރަށްރަށުގެ ޢާންމު ތަންތަނުގައި ބިކިނީގައި އުޅޭ ފަތުރުވެރިންނާމެދު ހަރުކަށި ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

Ad Image
Ads by

މި ޕެޓިޝަނަކީ ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޒަމްޒަމް ފާރިޝް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޕެޓިޝަނެކެވެ. ޝެއިޙް ޒަމްޒަމް ފާރިޝް ޕެޓިޝަން ހުށަހަޅުއްވަމުން ވިދާޅުވެފައިވަނީ، ރަށްރަށުގެ ޢާންމު ތަންތަނުގައި ބިކިނީ ފަދަ ނިވައިކަން ކުޑަ ފޭރާމުގައި ފަތުރުވެރިން އުޅޭ މައްސަލައިގެ ސަބަބުން އިސްލާމީ އަޚުލާޤާއި ދިވެހި ކާބަފައިން ދޫކުރެއްވި ރިވެތި ސަޤާފަތާއި އާދަކާދަތައް ނެތިގެންދިއުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ސީރިއަސް މައްސަލައެއް ކަމަށެވެ.

އެހެންކަމުން މިހާރު ހުރި ޤަވާއިދުތައް ތަންފީޒުކުރުން ހަރުދަނާކޮށް އެއާ ޚިލާފުވާ ފަރާތްތަކާ މެދު ކަންކުރާނެ ގޮތުގެ އިތުރު ޤާނޫނުތައް ހަދައި، އެ ފަރާތްތަކާ މެދު ޤާނޫނީ ހަރުކަށި ފިޔަވަޅު އެޅޭނެ ނިޒާމެއް އެކަށައަޅައި، އެ މައްސަލަ ޙައްލުކޮށްދެއްވަމަށް ޝެއިޚް ވަނީ އެދިފައެވެ.

ޝެއިޙް ވިދާޅުވީ، މީގެ ކުރިން ވެސް މި މައްސަލައާ ގުޅިގެން މަޖިލީހަށް ސިޓީއެއް ހުށަހަޅުއްވާފައިވާނެ ކަމަށެވެ. މީގެ އިތުރުން، ފަރުދީ ފެންވަރުގައްޔާއި، ޖަމުޢިއްޔާ ފެންވަރުގައި އަދި ޢިލްމުވެރިންގެ ތެރެއިން ވެސް މި މައްސަލައާ މެދު ފިޔަވަޅެއް އެޅުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ޝެއިޚް ވިދާޅުވިއެވެ.

”މި ޕެޓިޝަން ހުޅުވާލުމާއެކު އަޅުގަނޑުމެން ބޭނުންވީ ވީހައިވެސް އަވަހަކަށް އަޅުގަނޑުމެންގެ ކޮންސާނެއް އޮތީމަ އެ މައްސަލައިގަ އަވަހަށް މަޖިލިސް ތެރެއިން ކަންތައްތަކެއް ކުރެވޭތޯ އެކަމަށް ފިޔަވަޅެއް އަޅަން، ދެން އަނެއްކާ ރޯދަ މަސް ވެސް ގާތްވަމުން އަންނާތީއާއި އެކީގަ ރޯދަ މަހު ވެސް ވަރަށް ގިނަ ޢިލްމުވެރިންނަށް އަންނަ ޝަކުވާއެއްމީ އަދި އެ ބޭފުޅުންގެ ވެސް ވަރަށް ބޮޑު ކޮންސާނެއް މިއީ ރަށްރަށުގައި ރޯދައަށް ތިބޭ ވަގުތުގައި އައުރަ ނިވައިނުކޮށް ނިވައިކަން ކުޑަކޮށް ގެސްޓުން އައިސް އުޅޭތީ،“ — ޝެއިޚް ވިދާޅުވިއެވެ.

ޝެއިޚް ވިދާޅުވީ، މި ޕެޓިޝަނުގައި ސޮއިކުރަން ފެށީ އިއްޔެ 11:00 ގައި ކަމަށާއި، އޭރުން ފެށިގެން މިހާތަނަށް 280 އެއްހައި މީހުން ޕެޓިޝަނުގައި ސޮއިކޮށްފައިވާ ކަމަށެވެ.

ޝެއިޚް ވިދާޅުވީ، ފަތުރުވެރިންގެ ކިބައިން ފެންނަ މިފަދަ ޢަމަލުތަކުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ޅަ ދަރިންނަށް ކުރުމުގެ އިތުރުން، އެ ކުދިން އިސްލާމީ ރިވެތި އަޚުލާޤުގެ މަތީގައި ތަރުބިއްޔަތު ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ. މީގެ އިތުރުން މިކަމާ ގުޅިގެން ބެލެނެވެރިންގެ ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމިކް މިނިސްޓްރީއާއި ޢިލްމުވެރިން ގުޅިގެން މަޝްވަރާތަކެއް ކުރިއަށްގެންދަވާ ކަމަށް ޝެއިޚް ވިދާޅުވިއެވެ.

ޝެއިޚް ޒަމްޒަމް ފާރިޝް ވަނީ، ވީހައިވެސް ގިނަ ފަރާތްތަކުން މި ޕެޓިޝަނުގައި ސޮއިކުރުމަށް އެދިވަޑައިގެންފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރަށްރަށުގެ ޢާންމު ތަންތަނުގައި ފަތުރުވެރިން ނިވައިކަން ކުޑަ ހެދުން ލައިގެން އުޅޭ މައްސަލަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަމާލުކަމަށް އައުމާއެކު، އެމަނިކުފާނު ވަނީ މިދިޔަ 2025 ވަނަ އަހަރުގެ އޮގަސްޓު މަހު، އއ. އަތޮޅަށް ވަޑައިގެން އެ އަތޮޅު އުކުޅަހު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަަކަފުޅުގައި ވެސް އެކަން ފާހަގަކުރައްވައިފަ އެވެ. އަދި ކައުންސިލްތަކަށް ވަރުގަދަ މެސެޖެއް ދެއްވާ ރައީސް ވިދާޅުވީ މިފަދަ މައްސަލަތަކަށް އެކަށީގެންވާ ގޮތެއްގައި ހައްލުގެނެސްގެން ނޫނީ ލޯކަލް ޓްއަރިޒަމް ކުރިނޭރުވޭނެ ކަމަށެވެ. އަދި މިކަމުގައި މުޅި މުޖްތަމަޢުގެ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި