Ads by
ޚަބަރު
ހިސާން ވިދާޅުވީ އިންތިހާބުގެ ބިލް މިއަދުން މިއަދަށް ތަސްދީގު ކުރަން ޖެހޭ ކަމަށް

ސުޕްރީމް ކޯޓުން މީގެ ކުރިން އިއްވާފައިވާ ހުކުމްގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުން ދެ ވަނަ ފަހަރަށް ބިލެއް ފާސްކުރުމުން، އެ ބިލެއް ވަގުތުން ވަގުތަށް ތަސްދީގު ކުރަން ޖެހޭނެ ކަމަށް އިދިކޮޅު އެމްޑީޕީން ވިދާޅުވެއްޖެއެވެ.

Ads by Eki Online

މިއަދު އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް އެގޮތަށް އޮތުމުން ބިލް ތަސްދީގު ނުކުރައްވައި ލަސްކުރުމުގެ އެއްވެސް އިހުތިޔާރެއް ރައީސަށް ނެތް ކަމަށެވެ.

ހިސާން ވިދާޅުވީ އެއް ބާރު އަނެއް ބާރުގެ މައްޗަށް އަރައިގަނެ, ނުފޫޒު ފޯރުވަމުންދާތަން ވަރަށް ބޮޑަށް ފެންނަމުންދާ ކަމަށާއި އެ ނުފޫޒުތައް ހުއްޓުމަކަށް އަންނަންޖެހޭ ކަމަށެވެ.

އަދި އިންސާނީ ބާރު ނުފޯރާ ކަމެއް ދިމާނުވާ ނަމަ ލަސްނުކޮށް ރައީސް ބިލު ތަސްދީގު ކުރައްވަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވަމުން ހިސާން ވިދާޅުވީ މިއަދުން މިއަދަށް އެ ބިލު ރައީސް ތަސްދީގުކުރައްވަން ޖެހޭނެ ކަމަަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *