ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނުވިލާތަށް ފުރާވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ޖަރުމަނުވިލާތުގެ ރައީސް ހިޒް އެކްސެލެންސީ ފްރޭންކް ވޯލްޓަރ ސްޓެއިންމަޔަރގެ ދަޢުވަތަ
ކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ޖަރުމަނުވިލާތުގެ ރައީސް ސްޓެއިންމަޔަރއާއި، ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދެ ގައުމުގެ މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއް ވެސް އޮންނާނެއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ޖަރުމަނުވިލާތުގެ ހަމްބޯލްޓް-ޔުނިވާސިޓޭޓް ޒޫ ބާލިންއަށާއި، ޖަރުމަނު ކައުންސިލް އޮން ފޮރިން ރިލޭޝަންސަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ
މައްޗަށާއި، ޚާރިޖީ ސިޔާސަތުގައި ކަނޑުގެ ދައުރު އަދާކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރަކީ ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރެވެ. މި ގުޅުން ޤާއިމުކުރެވުނީ 5 ޖުލައި 1966 ވަނަ ދުވަހުއެވެ.














