Ads by
ޚަބަރު
ކަނޑިތީމަށް މި ސަރުކާރުން ވަޢުދުވީ ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭނަން: ރައީސް
ކަނޑިތީމުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުޢިއްޒު ވާހަކަފުޅުދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް

މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމަށް މި ސަރުކާރުން ވަޢުދުވީ ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

އަންގާރަ ދުވަހު ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކަނޑިތީމުގެ ބަނދަރު ބޭނުން ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށެވެ. ހަމަ އެހެންމެ، މަގުތައް ހެދުމާއި ސްކޫލުގެ ބާރަ ކްލާސްރޫމާއި އޮފީސް ޖާގަ އިތުރުކުރުމާއި މިހާރު ކުރިއަށްދާ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް އަވަސް ކުރުމާއި އަދި އެގޮތަށް ރަށުގެ ތަރައްޤީއަށް ކުރަން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ރަށުގެ ހެލްތު ސެންޓަރުގައި ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއް ހަމަޖެއްސުމާއި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއް ހޯދުމަކީ ވެސް އެމަނިކުފާނު ފުރިހަމަކޮށްދެއްވާނެ ކަންތައްތައް ކަމުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ސަރަޙައްދީ ތަރައްޤީއަށް އިސްކަން ދެއްވައިގެން، އުތުރުގެ ހަތަރު އަތޮޅު ތަރައްޤީ ކުރެވިގެންދާނެ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *