Wednesday, 9 September 2026
Ads by

ޕާކިސްތާނުގެ މިސްކިތް ގޮއްވާލި ހަމަލާ ރޭވި މީހާ ހައްޔަރަށް!

ޕާކިސްތާނުގެ މިސްކިތް ގޮއްވާލި ހަމަލާ ރޭވި މީހާ ހައްޔަރަށް!

ޕާކިސްތާނުގެ ވެރިރަށުގެ ބޭރުގައި އޮންނަ އިމާމް ބަރްގާހު ޤަޞްރުއްޚަދީޖަތުލް ކުބްރާ ​​މިސްކިތަށް ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ތިބި ކަމަށް ޝައްކު ކުރެވޭ 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕާކިސްތާނުގެ ދާޚިލީ ވަޒީރު ވިދާޅުވެއްޖެއެވެ. މި މީހުންގެ ތެރޭގައި މުޅި ހަމަލާ ރޭވި މީހާ ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Ad Image
Ads by

މި ހަމަލާ ދީފައިވަނީ ހުކުރު ނަމާދުގެ ތެރެއިންނެވެ. ހަމަލާގައި 31 މީހުން މަރުވެ 169 މީހުން ޒަޚަމްވެފައެވެ. މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް އޮފިޝަލުން ވަނީ ލަފާކޮށްފައެވެ.

ހަމަލާ ރޭވި ކަމަށް ތުހުމަތު ކުރެވެނީ އަފްޣާނިސްތާމުގެ ރައްޔިތެކެވެ. އަދި ޝައްކު ކުރެވޭ މީހުން ހައްޔަރު ކުރުމަށް ހިންގި ރެއިޑްތަކުގައި އެއް އޮފިސަރަކު މަރުވެ އިތުރު ތިން އޮފިސަރަކު ޒަހަމްވެފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ބޮން ގޮއްވާލި މީހާ ބޮން ގޮއްވުމުގެ ކުރިން މިސްކިތުގެ ގޭޓު ކުރިމަތީ ހުރި ކަމަށް ސަލާމަތީ މަސްދަރުތަކުން ބުނެއެވެ. މަންޒަރު ދުށް މީހުން ސިފަކޮށްފައިވާ ގޮތުގައި ގޮވުމުގެ ކުރިން ވޮލަންޓިއަރ ސެކިއުރިޓީ އޮފިސަރުންނާއި ހަމަލާދިން މީހާއާ ދެމެދު ބަޑީގެ ހަމަލާތައް ބަދަލުކުރެވުނެވެ.

މި ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް ޖަމާއަތުން ނަގާފައިވާއިރު، މިއީ 2008 ވަނަ އަހަރު މެރިއޮޓް ހޮޓަލުގައި ބޮން ގޮއްވާލި ފަހުން އެ ޖަމާއަތުޖް ހިނގި އެންމެ ނުރައްކާތެރި ހާދިސާއެވެ.

ޕާކިސްތާނުގައި ހަނގުރާމަވެރިންގެ ހަމަލާތައް އިތުރުވަމުންދާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ މިކަމާ ގުޅޭ ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި