Ads by
ޚަބަރު
ނޫމަރާ ކައުންސިލުން ފާހަގަކުރީ ސަރުކާރުން ދިން ޔަގީންކަމާ އެކު ފަށާފައިހުރި މަޝްރޫޢުތައް ނުހުއްޓި ކުރިއަށްދާކަން
ރައީސް މުޢިއްޒު ނޫމަރާ ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

މި ސަރުކާރުން ދެއްވި ޔަގީންކަމާ އެއްގޮތަށް އެ ރަށުގައި ފައްޓަވާފައި ހުރި މަޝްރޫޢުތައް ނުހުއްޓި ކުރިއަށްދާކަން މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލުން ފާހަގަކުރައްވައިފިއެވެ.

Ads by Eki Online

ނޫމަރާ ކައުންސިލުން މިގޮތަށް ފާހަގަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ އެކު އަންގާރަ ދުވަހުގެ ހެނދުނު އެ އަތޮޅު ކަނޑިތީމު ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން ބަނދަރު ބޮޑުކުރުމަށް ބޭނުންވާ ކަމަށާއި ޒުވާނުންނަށް ޚާއްޞަ ކުޅިވަރުގެ ވަސީލަތް ގާއިމުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ކަމުގައިވާ ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ބޭނުންވާ ކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފުލުހުންގެ ޚިދުމަތްދޭ ތަނެއް ގާއިމުކުރަން ބޭނުންވާ ކަމަށާއި އެއްދަންފަޅިއަށް ކިޔެވުން ބަދަލު ކުރުމަށް ބޭނުންވާކަން ހާމަކުރެއްވިއެވެ. އަދި އާރުޓީއެލްގެ ޚިދުމަތް ދެއްވާ ގޮތާ ގުޅިގެން ހުރި ކަންބޮޑުވުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނޫމަރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ބަނދަރުގެ ދަތިކަމުގެ މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އ.ތ.މ ކޮމިޓީން ބަޖެޓުގެ ދަތިކަމާއި ކޮމެޓީގެ މަސައްކަތް ކުރުމަށް އިމާރާތެއް ނުވަތަ ތަނެއް ޚާއްޞަކޮށްދެއްވަން އެދިވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެ ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *