Sunday, 26 July 2026
Ads by

އެމްޑީޕީގެ ކައުންސިލްތައް ޤާއިމްވެފައި ހުރި ރަށްރަށުގެ ތަރައްޤީއަށް އެ ޕާޓީން އޮތީ އިހުމާލުވެފައި: ފަލާޙު

އެމްޑީޕީގެ ކައުންސިލްތައް ޤާއިމްވެފައި ހުރި ރަށްރަށުގެ ތަރައްޤީއަށް އެ ޕާޓީން އޮތީ އިހުމާލުވެފައި: ފަލާޙު

މެންބަރު ފަލާޙު--- ފޮޓޯ: ޕީއެންސީ ފޭސްބުކް ޕޭޖް

އެމްޑީޕީގެ ކައުންސިލްތައް ޤާއިމްވެފައި ހުރި ރަށްރަށުގެ ތަރައްޤީއަށް އެ ޕާޓީން އޮތީ އިހުމާލުވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ފަލާޙު މި މޭރުމުން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހުކުރުމަށް އެ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ފަލާޙު ވިދާޅުވީ، މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން 1،323 ކެންޑިޑޭޓުން ވާދަކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއީ ވަރަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުންކަން ފާހަގަކުރައްވަމުން ފަލާޙު ވިދާޅުވީ، ޕީއެންސީގެ ފަރާތުން ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް މިހާތަނަށް ވަޑައިގެންނެވުނު ހުރިހާ ސިޓީތަކާއި ރަށްތަކުން ފާހަގަވެގެންދިޔައީ ޕީއެންސީގެ ކެންޑިޑޭޓުންނަކީ ވަރަށް ކުޅަދާނަ، ވަރަށް ޤާބިލު، ތަޢުލީމީ އަދި ޒުވާން ވަރުގަދަ ކެންޑިޑޭޓުން ކަމަށެވެ.

”އާދެ ތި ބޭފުޅުން ބައްލަވާ އަޅުގަނޑުމެން ޕާޓީއަށް، އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މި އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި މިހާ ބުރަ މަސައްކަތްތަކެއް މި ކުރައްވަނީ ވަރަށް ބައިވަރު ސަބަބުތަކެއް ހުރެގެން، ހަމައެކަނި އިންތިޚާބެއް ކާމިޔާބުކުރުމުގެ ބޭނުމަކުނޫން.“ — މެންބަރު ފަލާޙު ވިދާޅުވިއެވެ.

ރާއްޖޭގައި 2011 ވަނަ އަހަރުން ފެށިގެން އުފެދުނު ކައުންސިލްތަކުގައި، އެމްޑީޕީގެ ކައުންސިލްތައް ޤާއިމުވީ ރަށްރަށުގެ ތަރައްޤީއަށް އެ ޕާޓީން ހުރަސްއަޅާފައިވާކަން ފާހަގަކުރައްވަމުން ފަލާޙު ވިދާޅުވީ، އެމްޑީޕީއާއި ޕީއެންސީ ތަފާތު ވަނީ މި ސަބަބަށްޓަކައި ކަމަށެވެ. އެމްޑީޕީއާއި ޚިލާފަށް ޕީއެންސީން ރަށްރަށުގެ ތަރައްޤީއަށް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ފަލާޙު ވަނީ ދެއްވައިފައެވެ.

ފަލާޙު އިތުރަށް ވިދާޅުވީ އެމްޑީޕީން ރާއްޖޭގެ ވެރިކަމާ ހަވާލުވީ ކޮންމެ ފަހަރަކު ވެސް، ޤައުމަށް ވަރަށް ބޮޑެތި އަނިޔާތައް ދީފައިވާ ކަމަށާއި އެ ޕާޓީން އަބަދު ވެސް އިސްކުރާނީ ރައްޔިތުންގެ މަޞްލަޙަތަށްވުރެ ބޮޑަށް އަމިއްލަ މަޞްލަޙަތު ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި