Ads by
ޚަބަރު
އެންމެ މުހިންމު މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ މަޝްރޫޢު: ކުޅުދުއްފުށި ސިޓީ ކައުންސިލް
ރައީސް މުޢިއްޒު ކުޅުދުއްފުށި ސިޓީ ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުއްޓަށް އެންމެ މުހިންމު މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދަންނަވައިފިއެވެ.

Ads by Eki Online

ރައީސް، ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި އެ ސިޓީގެ ތަރައްޤީ އާ ގުޅޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއިރު، ސިޓީއަށް އެންމެ މުހިންމު މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. ކައުންސިލުން ވަނީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް ވެލިއު އެޑެޑް ފެސިލިޓީސް ބޭނުންވާ ކަމަށާއި ކައުންސިލުގެ އާ އިމާރާތެއް ބޭނުންވާ ކަމަށާއި ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ބޭނުންވާ ކަމަށާއި ސްޕޯޓްސް އެރީނާ އާ އެކީގައި ސިންތެޓިކް ޓްރެކެއް އެޅުމަށް ބޭނުންވާ ކަމުގައި ދަންނަވާފައެވެ. މީގެ އިތުރުން ޓިވެޓް ސެންޓަރާއި ދަމަނަވެށީގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ ކޮމިޓީގެ މަސައްކަތްތަކާ ބެހޭގޮތުން ރައީސް އާ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *