Ads by
ޚަބަރު
އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހޮވިއްޖެނަމަ ޕާޓީ ބަދަލު ނުކުރަން ހުވާކޮށްފި
އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް، މަޖިލީހަށް ހޮވުމުން ޕާޓީ ބަދަލު ނުކުރުމަށް އެ ޕާޓީގެ ކެންޑިޑޭޓުން ހުވާކުރަނީ - ފޮޓޯ:އެމްޑީޕީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިދިކޮޅު މައި ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން، މަޖިލީހަށް ހޮވުމުން ޕާޓީ ބަދަލު ނުކުރާނެ ކަމަށް ހުވާކޮށްފިއެވެ.

Ads by Eki Online

އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް، މަޖިލީހަށް ހޮވުމުން ޕާޓީ ބަދަލު ނުކުރުމަށް އެ ޕާޓީގެ ކެންޑިޑޭޓުން ހުވާކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭ ބޭއްވި “މިސްރާބު ހަމަ މަގަށް” ޖަލްސާގައެވެ. އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ކެމްޕެއިން ފެށުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހުވާލައިދީފައި ވަނީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ.

ކެންޑިޑޭޓުން ކުރި އެ ހުވާގައި ބުނީ ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ މަޖިލީހުގެ ދައުރުގެ މުއްދަތުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރުމަށާއި އެ ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ އުސޫލުތަކާއި ނިންމުންތަކާއި ޕާލަމެންޓްރީ ގްރޫޕުގެ ހިންގާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިޤުރާރުވެ، މާތް ﷲ ގަންދީ ހުވާކުރާ ކަމަށެވެ.

އެމްޑީޕީގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން، މަޖިލީހަށް ހޮވުމުން ޕާޓީ ބަދަލު ނުކުރާނެ ކަމަށް ހުވާކުރުވިއިރު، އިންތިޚާބުވުމަށް ފަހު މެންބަރުކަމުގެ ދައުރުގެ ތެރޭގައި ޕާޓީ ބަދަލު ކުރުމަކީ އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން އެމްޑީޕީގައި ތިއްބެވި 13 މެންބަރަކު މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ސަރުކާރު ހިންގަމުން އަންނަ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *