Saturday, 24 October 2026
Ads by

ރައީސް މުޢިއްޒު ޝަންގްރިއްލާ އޮޕަރޭޝަނަށް ގެންނެވީ، މުހިންމު ކަމެއްގޮތުގައި ދެކިވަޑައިގެން : ސަޢީދު

ރައީސް މުޢިއްޒު ޝަންގްރިއްލާ އޮޕަރޭޝަނަށް ގެންނެވީ، މުހިންމު ކަމެއްގޮތުގައި ދެކިވަޑައިގެން : ސަޢީދު

އައްޑޫސިޓީގައި ރޭ ކުރިއަށްދިޔަ ޕީއެންސީ ކެމްޕޭން ޖަލްސާގައި މިނިސްޓަރ ސަޢީދު ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ / ޕީއެންސީ

ރައީސް މުޢިއްޒު އައްޑޫ ސިޓީ ވިލިނގިލީގައި ހިންގަމުން އައި މަތީ ފަންތީގެ ރިސޯޓު، ޝަންގްރިއްލާ ވިލިނގިލި ރިސޯޓު އެންޑް ސްޕާ  އޮޕަރޭޝަނަށް ގެންނެވީ، މުހިންމު ކަމެއްގޮތުގައި ދެކިވަޑައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރ އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ސަޢީދު މިފަދައިން ވިދާޅުވީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ ކެމްޕޭން އައްޑޫ ސިޓީގައި އިފްތިތާޙު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަޢީދު ވިދާޅުވީ އައްޑޫސިޓީގެ ރައްޔިތުން އެދި ވަޑައިގެންނެވި އެންމެ މުހިންމު އެއްކަމަކީ ރައީސް ޑރ. މުޢިއްޒުވެސް އެކަމަކަށް އެންމެބޮޑު ސަމާލުކަމެއް ދެއްވި ކަންތައްކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ އެއީ އައްޑީސިޓީއަށް މުހިންމު އަދި އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއްކަމަށާއި، ވީ އެންމެ އަވަހަކަށް އެކަން ވާން ޖެހޭނެކަމަށް ކެބިނެޓަށްވެސް އަންގަވާފައިކަމަށެވެ.

”އަޅުގަނޑަށް ވަރަށް ގާތުން ފެނުނުކަމެއް ޝަންގްރިއްލާ ހުޅުވުމުގެ ކަންތައް، ރައީސް އެކަމުގަ ޢަމަލު ކުރެއްވިގޮތް، ރައީސް އަޅުގަނޑުމެންގެ ކޮލީގުންނަށް، މިނިސްޓްރީ އޮފް ޓްއަރިޒަމް އަދި އިކޮނޮމިކް ކައުންސިލްގެ މެންބަރުންނަށް އަދި ކެބިނެޓަށްވެސް ދެއްވި އިރުޝާދަކީ އައްޑޫސިޓީގެ ރައްޔިތުންނަށް ޝަންގްރިއްލާ މުހިންމުވެއޭ، ރައީސްގެ ކެމްޕޭނު ތެޜޭގައި ޝަންގްރިއްލާ ހުޅުވައިދޭން އެދުނޭ، އެހެންވީމަ ތިމަން މަނިކުފާނުގެ ވަޢުދެކޭ އެއީ ރައްޔިތުންނަށްވީ، އެކަން ވާންޖެހޭނެއޭ: ސަޢީދު ވިދާޅުވިއެވެ.

ސަޢީދުގެ ވާހަކަފުޅުގައި ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ޝަންގްރިއްލާ އޮޕަރޭޝަނަށް ނުގެނެސް ދެއްކި ބަހަނާ ހަނދާން ކޮށްދެއްވާފައެވެ. މިއާއިއެކު ވިދާޅުވީ ޝަންގްރިއްލާގެ މެނޭޖްމެންޓާއި ވާހަކަ ދައްކައިގެން އެތަން މިހާރު އެވަނީ ހުޅުވިފައިކަމަށް ވިދާޅުވެފައެވެ.

ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ޝަންގްރިއްލާ އަލުން ހުޅުވާފައިވަނީ 30 ޑިސެމްބަރު 2025 ގައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބަންދުކުރި އެ ރިސޯޓު އެއްކޮށް ހުއްޓާލިކަން އެ އަހަރުގެ އޮގަސްޓް މަހު އިއުލާން ކުރުމާ ގުޅިގެން، އޭރު އެ ރިސޯޓުގައި މަސައްކަތް ކުރި 500 އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ދިޔައެވެ. ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި