Saturday, 24 October 2026
Ads by

ޣައްޒާ ހަނގުރާމަ ހުއްޓަން މަޝްވަރާ ކުރުމުގެ އެއްވެސް މާނައެއް ނެތް: ހަމާސް

ޣައްޒާ ހަނގުރާމަ ހުއްޓަން މަޝްވަރާ ކުރުމުގެ އެއްވެސް މާނައެއް ނެތް: ހަމާސް

އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހަމަލާތައް އިތުރުވަމުންދާހާ ހިނދަކު، ޣައްޒާގައި ”ހަނގުރާމަ ހުއްޓާލުމަށް“ މަޝްވަރާ ކުރުމަކީ އެއްވެސް މާނައެއް ނެތް ކަމެއް ކަމަށް ހަމާސްގެ ތަރުޖަމާން ހާޒަމް ގާސިމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ގަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމަށް މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފެށިފަހުން ޣައްޒާގައި ކޮންމެ ދުވަހަކު ހަމަލާތައް ދެއެވެ. އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފަހުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 576 މީހުން ޝަހީދުކޮށްލާފައިވާއިރު، 1،543 މީހުން ޒަހަމްކޮށްލާފައިވާ ކަމަށެވެ.

ގަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލުން އަމަލު ކުރަމުން ނުދާ މައްސަލައިގައި ހަމާސް އިން ޓެލެގްރާމް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ގާސިމް ވިދާޅުވީ އިސްރާއީލުގެ ސަރުކާރުން މީޑިއޭޓަރުންނާއި އެމެރިކާ ސަރުކާރުގެ މަސައްކަތަށް އިޖާބަ ނުދޭ ކަމަށާއި އެއްބަސްވެފައިވާ ކަންކަން ތަންފީޒު ކުރުމަށް ގޮވާލާ ގޮވާލުންތަކަށް އިޖާބަ ދެމުން ނުދާ ކަމަށެވެ.

އަދި ޣައްޒާގެ އެޑްމިނިސްޓްރޭޝަން ކޮމެޓީން ޣައްޒާއަށް ވަދެ އެ ސަރަހައްދުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް އިސްރާއީލަށް ޕްރެޝަރު ކުރުމަށް ހުރިހާ ޕާޓީތަކަށް ވެސް އޭނާ ގޮވާލެއްވިއެވެ.

ފަލަސްތީނިއަން ނޭޝަނަލް އިނިޝިއޭޓިވްގެ ސެކްރެޓަރީ ޖެނެރަލް މުސްތަފާ ބަރްޣޫތީ އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައިވެސް ތަކުރާރުކޮށް ވިދާޅުވީ އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށެވެ.

”ހަގީގަތުގައި އިސްރާއީލުން ވަނީ ޣައްޒާގައި ބައިނަލްއަގުވާމީ ގާނޫނުތައް ހަލާކުކޮށްލާފައި. އަދި މުޅި ދުނިޔެ ވެސް އެ މަންޒަރު ފެނުނު“ އޭނާ ވިދާޅުވިއެވެ.

ޣައްޒާގައި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ގަތުލުއާންމު ގައި ޝަހީދުކޮށްލި މީހުންގެ އަދަދު 72،027 އަށް އަރާފައިވާ ކަމަށް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި