Sunday, 26 July 2026
Ads by

ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދާ ޤުރްއާން ކްލާސްތަކަށް ބޮޑު ތަރުޙީބެއް

ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދާ ޤުރްއާން ކްލާސްތަކަށް ބޮޑު ތަރުޙީބެއް

އެޗްޑީސީގެ މައި އޮފީސް---

ކުޑަކުދިން ޤުރްއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމުގެ ގޮތުން، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި އަލް ޢަސްރު ޖަމުޢިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދަން ރާވާފައިވާ ޤުރްއާން ކްލާސްތަކަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.

Ad Image
Ads by

ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި ކުރިއަށްގެންދާ މި ޤުރްއާން ކްލާސްތަކުގައި ބައިވެރިވުމަށް މިދިޔަ ބުދަ ދުވަހު ހުޅުވާލުމާއެކު، 24 ގަޑިއިރުގެ ތެރޭގައި ވަނީ ހުރިހާ ސްލޮޓްތަކަކަށް ކުދިން ހަމަވެފައިވާ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ. އެޗްޑީސީން ބުނީ މި ކްލާސްތަކުގައި ބައިވެރިވުމަށް ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 103 ކުދިން ނަންނޯޓުކޮށްފައިވާތީ، އެ ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ބަންދުކޮށްފައިވާ ކަމަށެވެ.

މިއީ، ހުޅުމާލޭގައި ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމާއެކު ދީނީ ދަރުސް ދިނުމަށް، އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ ކްލާސްތަކެކެވެ.

އެއް އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން ހުޅުމާލޭގެ އެކި މިސްކިތްތަކުގައި، ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ޤުރްއާން ކްލާސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ކްލާސްތައް ކުރިއަށްގެންދާނީ ހެނދުނާއި ހަވީރަށް ބަހާލައިގެން، އަންހެން އަދި ފިރިހެން ކުދިން ވަކިންނެވެ.

މި ކްލާސްތަކުގައި ޤުރްއާން އުނގަންނައިދޭ މުދައްރިސުން ހަމަޖެއްސުމާއި، ތަމްރީނުކުރުން ކުރިއަށްގެންދާނީ އަލް ޢަސްރު ޖަމުޢިއްޔާގެ ފަރާތުންނެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިޖްތިމާޢީ ޒިންމާގެ ދަށުން އަލް ޢަސްރާއެކު ސޮއިކުރެވުނު މި އެއްބަސްވުމުގެ މަޤުޞަދަކީ، ދީނަށް ލޯބިކުރާ މުޖްތަމަޢުއެއް ބިނާކުރުމެވެ. އެ ކޯޕަރޭޝަނުން ބުނީ ކުރިއަށްއޮތްތަނުގައި ވެސް މުޖްތަމަޢުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ އަމާޒެއް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި