Saturday, 24 October 2026
Ads by

އަލަށް އުފެދޭ ޕަބްލިކް ވޯކްސް ޔުނިޓްތަކާއެކު 500 އެއްހައި ވަޒީފާ އުފެދޭނެ: މިނިސްޓަރު އާދަމް ޝަރީފް

އަލަށް އުފެދޭ ޕަބްލިކް ވޯކްސް ޔުނިޓްތަކާއެކު 500 އެއްހައި ވަޒީފާ އުފެދޭނެ: މިނިސްޓަރު އާދަމް ޝަރީފް

މިނިސްޓަރު އާދަމް ޝަރީފް ޢުމަރު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އަލަށް އުފެދޭ ޕަބްލިކް ވޯކްސް ޔުނިޓްތަކާއެކު 500 އެއްހައި ވަޒީފާ އުފެދޭނެ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ދަޢުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މިއީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ވިސްނުންފުޅުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިކަމަށް ބޭނުންވާ އުޅަނދުތައް އަންނަ އޭޕްރީލް މަހުގެ ތެރޭގައި ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

”މިކަންކަމަށް ބޭނުންވާ ވަސީލަތްތައް ހަމަ ކުރެއްވުމުމުގެ މަސައްކަތް ރައީސް އެ ވިދާޅުވީ ކުރައްވާ ވާހަކަ. އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭނީ ރައީސް ވިދާޅުވީ މި އަހަރު މެދުތެރެއާއި ހިސާބަށް އެކަން ކުރެވޭނެ ކަމަށް. އެހެނަސް ރައީސް މަސައްކަތް ކުރައްވާ ސްޕީޑަށް ބަލާއިރު އެޕްރީލް ނުވަތަ މެއި ހިސާބަށް ދާންވާއިރަށް ތަކެތި ވެސް ލިބޭނެ ކަމަށް އަދި އެ ހިސާބަށް އަންނަންވާއިރަށް އެތަނަށް ބޭނުންވާ މުވައްޒަފުން ވެސް ނަގާނަން،“ — މިނިސްޓަރު ވިދާޅުވިއެވެ.

މި މަސައްކަތަށް 500 އެއްހައި މުވައްޒަފުން ނަގާއިރު، އޭގެތެރޭގައި ޑްރައިވަރުންނާއި، އިދާރީ މުވައްޒަފުންގެ އިތުރުން ފަންނީ މުވައްޒަފުން ހިމެނެއެވެ. މަސައްކަތަށް ގެނެވޭ އުޅަނދުތައް ދުއްވުމަށް ބޭނުންވާ ޑްރައިވަރުން ތަމްރީނުކުރުމުގެ މަސައްކަތަކީ ވެސް ސިޓީސް މިނިސްޓްރީގެ ދަށުން ކުރެވޭނެ މަސައްކަތެއް ކަމަށް އެ ޕްރޮގްރާމުގައި ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރުތަމަ ދައުރުގެ ފުރުތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމުކުރެވޭ ޢުމްރާނީ ވަސީލަތްތައް ހަރުދަނާ ގޮތެއްގައި ބަލަހައްޓައި މަރާމާތުކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. މިކަމަށް މަގުފަހި ކުރުމަށް މިހާރު ޕަބްލިކް ވޯކްސް ޔުނިޓްތައް ޤާއިމްވެފައި ނުވާ 15 އަތޮޅެއްގެ 19 ރަށުގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު މި އަހަރުގެ މެދުތެރޭ މި ޔުނިޓްތައް ޤާއިމްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕަބްލިކް ވޯކްސް ޔުނިޓްތަކަކީ ސިޓީސް މިނިސްޓްރީގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންދާ މުނިސިޕަލް އެކި ޚިދުމަތްތައް ދިނުމުގައި ހަރަކާތްތެރިވާ ޔުނިޓްތަކެކެވެ. މި ޔުނިޓްތައް ޢާންމުކޮށް މަސައްކަތް ކުރާނީ ކައުންސިލްތަކާއި ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި