Ads by
ޚަބަރު
އަތޮޅު ކައުންސިލުން ރައީސަށް ހިއްސާކުރީ 2040 އަށް ހދ. އަތޮޅު އޮންނަން ބޭނުންވާ ގޮތުގެ ތަސައްވުރު
ރައީސް މުޢިއްޒު ހދ. އަތޮޅު ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން، 2040 ވަނަ އަހަރަށް ދާއިރު އެ އަތޮޅު އޮންނަން ބޭނުންވާ ގޮތުގެ ތަސައްވުރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

Ads by Eki Online

ރައީސް، ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވާފައި ވަނީ ހޯމަ ދުވަހުގެ ރޭ ހދ. އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ 2040 އަށް ދާއިރު ހދ. އަތޮޅު އޮންނަން ބޭނުންވާ ގޮތުގެ ތަސައްވުރު ރައީސް އާ ހިއްސާކުރައްވާފައެވެ. އޭގެތެރޭގައި، ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ބޭނުންވާ ގޮތަކާއި ރީޖަނަލް ޕޯޓެއް ގާއިމުކުރުމަށް ބޭނުންވާކަން ހިއްސާ ކުރައްވައި، ހދ. ރަށްވެހިގެ ތަރައްޤީ ކުރުމަށް އިންވެސްޓަރަކު ހޯދުމަށް ސަރުކާރުން އެހީތެރިވެދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ހދ. އަތޮޅުގައި އަތޮޅުވެރިކަން ކުރާ ރަށެއް ނެތްކަން ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން އަތޮޅު ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ޕައިލެޓް ޕްރޮގްރާމެއް ހދ. އަތޮޅުގައި ހިންގަވައިދެއްވުމަށް އަތޮޅު ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ހދ. އަތޮޅު ކައުންސިލުން މި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ކައުންސިލުން ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އަތޮޅުގެ ތަރައްޤީގެ ޕްލޭނެއް ހަދާއިރު އަތޮޅުގެ ހުރިހާ ރަށަކަށް އެކަމުން މަންފާ ލިބޭނެ ގޮތަކަށް ޕްލޭން ހެއްދެވުމަށް ބާރުއަޅުއްވާފައެވެ. އަދި ރާއްޖޭގެ އިޤުތިޞާދު ހަރުދަނާ ކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ރައީސް ހދ. އަތޮޅު ކައުންސިލާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުތަކުގެ ބަޖެޓަށް ލުއިކޮށްދެއްވުމަށް މި އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓް ބިލު ހަދާނީ ޑޮމެސްޓިކް ރޭޓުން ޗާޖުކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *