Wednesday, 9 September 2026
Ads by

ކުޅުދުއްފުށި ސިޓީގައި ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އަންނަ މަހު ފަށަނީ

ކުޅުދުއްފުށި ސިޓީގައި ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އަންނަ މަހު ފަށަނީ

މިނިސްޓަރު މުއްޠަލިބް--- ފޮޓޯ: ޕީއެންސީ

ކުޅުދުއްފުށި ސިޓީގައި ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އަންނަ މާރިޗު މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ޑރ. މުއްޔަލިބު މި މޭރުމުން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ކުޅުދުއްފުށި ސިޓީން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހުކުރުމަށް އެ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ސިޓީގެ ރައްޔިތުން އެދޭ ގޮތަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދެއްވާނެ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި 400 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް އެންމެ ލަސްވެގެން ވެސް އަންނަ މާރިޗު މަހު ފެށޭނެކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.

”ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހުރިއްޔާއަށް އަދި ދިވެހި ސަރުކާރަށް މިކަމުގައި އެއްވެސް އޮޅުމެއް ނެތް. މި ރަށުގައި ފެށި ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓް ހުއްޓިފައި އޮތް މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް. މިއީ 2022 ވަނަ އަހަރުގެ ޖުލައި މަހު ފެއްޓި މަޝްރޫޢުއެއް. އިއްތިފާގަކުން އޭރު މަޝްރޫޢު ހަވާލުކުރެވުނީ އޭރު އެމްޑީޕީ ސަރުކާރުގެ މަޖިލިސް މެންބަރެއްގެ ކުންފުންޏަކާ،“ —  މިނިސްޓަރު މުއްޠަލިބް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، 400 ހައުސިންގ ޔުނިޓް މަޝްރޫޢުއަށް އެޑްވާންސްގެ ގޮތުގައި 65 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށާއި، އަދި 21 މިލިއަން ރުފިޔާ ޕްރޮޖެކްޓު ހިނގަމުން ދިޔައިރު ދީފައިވީ ނަމަވެސް 18 މަސްދުވަހުގެ ތެރޭގައި ނިމިފައި އޮތީ މަޝްރޫޢުގެ އެންމެ 18 އިންސައްތަ މަސައްކަތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ ކުންފުންޏާއެކު އަލުން މަސައްކަތް ފެށޭތޯ މަޝްވަރާ ކުރެވުނު ކަމަށާއި ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވުމުން ކޮންޓްރެކްޓް ބާތިލުކޮށް، މިހާރު އެ މަސައްކަތް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ހަވާލުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު މުއްޠަލިބް ވިދާޅުވީ، ކުޅުދުއްފުށި ސިޓީއަކީ އުޖާލާ ޢާއިލާއެއް ބިނާކުރުމަށް އެތައް ބަޔަކު ހިޖުރަކޮށްގެން ދިރިއުޅެމުންދާ ސިޓީއެއް ކަމަށާއި، ޞިއްޙީ ފަރުވާ ހޯދުމާއި އިތުރު އެހެން ކަންކަމަށް ވެސް އުތުރުގެ ރައްޔިތުން ބޭނުންކުރަމުންދާ މައި މަރުކަޒު ކަމަށެވެ. ތަރައްޤީގެ މަގުގައި ކުޅުދުއްފުށި ސިޓީ އޮތީ އެހެން ރަށްރަށަށް ވުރެ މާ ކުރީގައި ކަން މިކަމުން ވެސް ހާމަވެގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި