Ads by
ޚަބަރު
އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓު ރޭޓް ކުޑަކުރަނީ
ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުޢިއްޒު ވާހަކަފުޅުދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް

އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓް ބިލު ޑޮމެސްޓިކް ރޭޓުގައި ދައްކާ ގޮތަށް ލުއިދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

Ads by Eki Online

ހޯމަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލެ ސިޓީ އާއި އެހެން ހުރިހާ ސިޓީތަކާއި ރަށްތައް ހިމެނޭހެން މި ބަދަލު ގެންނެވީ ކައުންސިލުތަކަށް މިހާރު ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ މަދު ފައިސާކޮޅުން ކަރަންޓު ބިލަށް ކުރަން ޖެހޭ ބޮޑު ޚަރަދަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުންނާ އަދި ކައުންސިލުތަކަށް ކަންކަން ފަހިކޮށްދީގެން ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ކަމަށެވެ. މި ބަދަލާ އެކު ފެނަކަ އާއި ސްޓެލްކޯއަށް މަދުވާ އާމްދަނީ އެހެން އުސޫލަކުން ހޯދޭނެ ގޮތެއް ފަހިކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށް އޮތް އަހަރުތަކުގައި އިޤުތިޞާދު ވަރުގަދަވަމުންދާ ވަރަކުން މަގުބައްތިތައް ދިއްލުން، ޕާކްތައް އަދި އާންމު މައިދާންތަކުގެ ކަރަންޓަށް ނަގާ ރޭޓުވެސް “ގަވަރމަންޓް ރޭޓް” ގެ ބަދަލުގައި ޑޮމެސްޓިކް ރޭޓަށް ބަދަލު ކޮށްދެއްވާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ގެންގުޅޭ ސަރަޙައްދީ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އުތުރުގެ ހަތަރު އަތޮޅު ތަރައްޤީގެ ޒޯނެއްގެ ގޮތުގައި ކުރިއަށް ގެންދާއިރު ކުޅުދުއްފުށި ސިޓީ ވާނީ އުތުރު ތަރައްޤީގެ މައި ހަބުގެ ގޮތުގައިކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ކުޅުދުއްފުށި ސިޓީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި އެއާޕޯޓުގެ ފެންވަރު މަތިކުރުމާއި އެ ސިޓީގެ ޕޯޓް ފުޅާކޮށް، ކެޕޭސިޓީ އިތުރުކުރުމާއި ޞިއްޙީ ޚިދުމަތް ތަރައްޤީކުރުން ފަދަ، އެ ސިޓީގެ ތަރައްޤީއަށް ރޭވިފައިވާ އެކިއެކި މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *