Ads by
ޚަބަރު
ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން ނެއްލައިދޫ ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި
ރައީސް މުޢިއްޒު ނެއްލައިދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން ރަށުގެ ތަރައްޤީއަށް ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

Ads by Eki Online

ރައީސް، ނެއްލައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވަނީ ހޯމަ ދުވަހުގެ ހަވީރު އެ ރަށު ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން ބޯހިޔާވަހި ކަމަށާއި ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ބޭނުންވާ ކަމަށާއި މަގު ހެދުމަށް ބޭނުންވާ ކަމަށާއި ފެނާއި ނަރުދަމާގެ މަސައްކަތް ފައްޓަވާދެއްވުމަށާއި އާ މިސްކިތެއް ބޭނުންވާ ކަމުގައި ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލުން ވަނީ ރަށުގައި ހުރި ހުރިހާ އޮފީސް އިމާރާތްތަކެއް އެއްތަނަކަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ނެއްލައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި އ.ތ.މ ކޮމިޓީ ހިންގުމަށް އުސޫލެއް އެކުލަވާލައި، އެ އާ އެއްގޮތަށް ކޮމިޓީ ހިންގުމަށް ބޭނުންވާ ކަމުގައި ބަޔާންކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *