Wednesday, 9 September 2026
Ads by

ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް، 78 ހެކްޓަރުގެ ބިން މިހާތަނަށް ހިއްކައިފި

ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް، 78 ހެކްޓަރުގެ ބިން މިހާތަނަށް ހިއްކައިފި

ދިއްދޫ ބިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ--- ފޮޓޯ / އެމްއޭސީއެލް

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 78 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

Ad Image
Ads by

އެމްއޭސީއެލް އިން ބުނީ، ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ތާވަލުކުރެވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށެވެ. ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 78 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށާއި، އެއީ މި މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް ކަމަށް އެ ކުންފުނިން ވަނީ މަޢުލޫމާތު ދީފައެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ، 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޓްރެއިލިން ސަކްޝަން ހޮޕަރ ޑްރެޖަރެއް ކަމަށްވާ ލެއިވް އެރިކްސަން ނަމަކަށް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެންނެވެ.

އެމްއޭސީއެލް އިން ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ. ދިއްދޫގެ އިތުރުން އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްގެންދަމުންނެވެ. އެގޮތުން މާލޭ ސަރަޙައްދަށް ބަލައިލާއިރު، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން އެއްކޮށް ހިއްކައި، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

އަތޮޅުތެރޭގެ ރަށްރަށަށް ބަލައިލާއިރު، ތ. ވިލުފުށީ އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދަމުންނެވެ. މި މަޝްރޫޢުގެ ދަށުން ހިއްކަންޖެހޭ 81 ހެކްޓަރުގެ ތެރެއިން 65 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކައި ނިމިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި