Ads by
ޚަބަރު
މި އަހަރު 50 ރަށެއްގެ ރަށު ކައުންސިލް އޮފީސް ތަރައްޤީ ކޮށްދޭނަން: ރައީސް
މަކުނުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުޢިއްޒު ވާހަކަފުޅުދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް

މި އަހަރުގެ ތެރޭގައި 50 ރަށެއްގެ ރަށު ކައުންސިލް އޮފީސް ގާއިމު ކޮށްދެއްވުމަށް ޓަކައި ބޮޑު މަޝްރޫޢެއް ފެށުމަށް މަސައްކަތް ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ހދ. މަކުނުދޫގެ ރައްޔިތުންނާ ހޯމަ ދުވަހުގެ މެންދުރުފަހު ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ އިންވެސްޓަރ ފައިނޭންސް މޮޑެލްގެ ތެރެއިން ފައިސާ ހޯދައިގެން ފުރަތަމަ ފިޔަވަހީގައި 50 ރަށެއްގެ ކައުންސިލް އިދާރާގެ އިމާރާތް ތަރައްޤީ ކޮށްދެއްވާނެ ކަމަށެވެ. އަދި މި 50 ރަށް ޚިޔާރުކުރާއިރު އެންމެ ބޮޑަށް ހަލާކުވެފައިވާ، އެންމެ ޖާގަ ކުޑަ، އެންމެ ގިނަ ދުވަސްވީ ރަށްތަކަށް އިސްކަން ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި އަހަރުގެ ތެރޭގައި މި މަޝްރޫޢު ފައްޓަވައިދެއްވާނީ 50 ރަށުގައި އެއްފަހަރާ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

“ހަޤީޤީ މާނާގައި ލާމަރުކަޒީ ނިޒާމު ފުރިހަމަ ގޮތުގައި ހިންގުމުގެ ފުރުސަތު ދޭން އަޅުގަނޑު ބޭނުންވަނީ. ރައްޔިތުންނާ ގާތުން ޚިދުމަތް ކުރުމަކީ އަޅުގަނޑު ހަމަ ބޭނުންވާ ގޮތް،” – ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވި ގޮތުގައި މަކުނުދޫގައި ހަދާ އެއާޕޯޓުގެ ރަންވޭ 1،800 މީޓަރު ދިގު ރަންވޭއެއްގެ ގޮތުގައި ހަދައިދެއްވާނެ ކަމުގައެވެ. އަދި ބިން ހިއްކުމުގެ މަޝްރޫޢުގެ ސަބަބުން މުޅި ރަށަށް ތަރައްޤީ ލިބިގެންދާ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށާއި މަކުނުދޫގެ މަގު ހެދުމަކީ ރަށުގެ ތަރައްޤީއަށް ނުހަނު މުހިންމު ކަމެއް ކަމުގައި ފާހަގަކުރައްވައި، އެކަން ވަޢުދުވެވަޑައިގެންނެވި ގޮތަށް ކޮށްދެއްވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހއ. އާއި ހދ. އާއި ށ. އަދި ނ. އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *