Ads by
ޚަބަރު
ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން މަކުނުދޫ ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި
ރައީސް މުޢިއްޒު މަކުނުދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން ރަށުގެ ތަރައްޤީއަށް ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

Ads by Eki Online

ރައީސް، މަކުނުދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވަނީ ހޯމަ ދުވަހުގެ މެންދުރުފަހު އެ ރަށު ފެނަކަ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުގެ ދަތިކަން ކަމުގައި ފާހަގަކުރައްވައި، މަކުނުދޫ އެއާޕޯޓު ވީ އެންމެ އަވަހަކަށް ތަރައްޤީ ކޮށްދެއްވުމަށް ކައުންސިލުގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. އަދި ކައުންސިލުން ވަނީ މަގުތައް ތަރައްޤީ ކުރުމަށް ބޭނުންވާ ކަމަށާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ މުސާރަ އިތުރުކޮށްދެއްވުމަށާއި ރަށުގެ އިހުތިސާސުގެ ތެރެއަށް މަކުނުދޫގެ މުޅި ފަޅު ދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަމާއި މަކުނުދޫ ސްކޫލު އަދި ހެލްތް ސެންޓަރު އިތުރަށް ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަން ކައުންސިލުން ރައީސް އާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަކުނުދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ، މީހުން ބިނާކުރުމަށް ހުރި ފުރުޞަތުތައް އ.ތ.މ އާ ގުޅިގެން ކުރިއަށް ގެންދެވޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވީ އެންމެ އަވަހަށް ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *