Saturday, 24 October 2026
Ads by

މިޅި އައްޑޫސިޓީން ފެނަނީ އެމްޑީޕީގެ ތަރައްޤީ: އަހުމަދު ދީދީ

މިޅި އައްޑޫސިޓީން ފެނަނީ އެމްޑީޕީގެ ތަރައްޤީ: އަހުމަދު ދީދީ

މުޅި އައްޑޫ ސިޓީން ފެންނަނީ އެމްޑީޕީން ގެނެސްދީފައިވާ ތަރައްޤީކަމަށް ރައްޔިތުންގެ މަޖްލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އޭނަ މިފަދައިން ވިދާޅުވީ ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އައްޑޫސިޓީގެ ކެމްޕެއިން ފެށުމާއި، އެމްޑީޕީގެ ފަރާތުން އެދާއިރާއަށް ކުރިމަތިލާ ކެންޑިޑޭޓުން ތަޢާރަފް ކުރަން އައްޑޫސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ދީދީ ވިދާޅުވީ މިހާތަނަށް 2008 ވަނަ އަހަރުން ފެށިގެން ބެލިކަމުގައި ވިޔަސް މުޅި އައްޑޫ ސިޓީން ފެންނަނީ އެމްޑީޕީގެ އެކަނި ތަރައްޤީކަމަށާއި، އެހެން އެއްވެސް ބަޔަކު އެއްވެސް ކަމެއް އެ ސިޓީއަށް ނުކޮށްދޭ ކަމަށެވެ.

އެމްޑީޕީގެ މިދިޔަ ވެރިކަން ނިމުނު އިރު މުޅި އައްޑޫސިޓީގެ މަލަމަތި ފެންނާނީ ކޮންކްރީޓް ސައިޓެއްހެން ކަމަށާއި، އެހެންނަމަވެސް މިހާރު ވަނީ އެހުރިހާ މަސައްކަތް ހުއްޓިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. މިއާއިއެކު އެމްޑީޕީއަށް ވޯޓުދޭން ޖެހޭ ސަބަބު ބަޔާން ކުރަމުން ދީދީ ވިދާޅުވީ މުޅި އައްޑޫ ސިޓީއަށް ތަރައްޤީ ގެނެސްދިނީ އެމްޑީޕީން ކަމަށެވެ. އޭޓީއެމް އެއް ފިޔަވާ މިސަރުކާރުން މަރަދޫއަށް ކަމެއް ނުވާކަމަށް ވިދާޅުވިއެ.

”މިފަހަރަ ވޯޓުދޭވީ ތެލެފަތަށް، އައްޑޫސިޓީގެ ރައްޔިތުންނަކީ އަބަދަށަސް ތަރައްޤީއަށް މަސައްކަތްކެރާ ، ތަރައްޤީއަށް ވަކާލާތު ކެރާ މީހާ.. އަފިރިން ބޭނުންވެނީ ތަރައްޤީ، އަފިރިންނާއެ މަލަމަތި ދެއްކީ އެމްޑީޕީން.. މިވެރިން ދެންނެ އެއްތައްނޫން ތަރައްޤީއަކީ،، މިހެއިތަނަށް މި އައްޑޫ ސިޓީއަށް 2008 އިން ފެށިގެން މިހެއިތަނަށް އެމްޑީޕީ ވެރިކަމެކި ނޫންފަހެ އެއްވެސް ކަމަށް ވެފެއި ތެބެއޮތެ، އަފިންނަށް ފެނޭކަށްނެތް“

ދީދީ މިފަދައިން ވިދާޅުވި ނަމަވެސް ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި އަދުގެ ރައީސް ޑރ. މުޢިއްޒުގެ މިނިސްޓަރުކަމުގައި އައްޑޫސިޓީގެ މައި ހޮސްޕިޓަލްގެ މަސައްކަތާއި، ހައުސިންގ މަޝްރޫޢުގެ، އިތުރުން ބިންހިއްކުންފަދަ ކަންކަން ވަނީ ކޮށްފައެވެ.

އޭގެފަހުން އައި އެމްޑީޕީ ވެރިކަމުގައި މަޑުޖެހުނުހާ ތަރައްޤީ މިވެރިކަމުގައި ފެށިގެންދިޔަ މަންޒަރު ފެންނަ ކަމަށް އައްޑޫގެ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި މިސަރުކާރުގެ ފާއިތުވެގެންދިޔަ 2 އަހަރުގެ ތެރޭގައި އެމްޑީޕީން ހުއްޓުވި އެތައްކަމެއް ފެށިފައިވާ ކަމަށް އައްޑޫ ސިޓީގެ މީހުން ބުނެއެވެ. އޭގެ ތެރޭގައި، އައްޑޫގެ މުޅި އިޤްތިޞާދާއި ގުޅިފައިވާ ޝަންގްރިއްލާ ރިސޯޓު އޮޕަރޭޝަނަށް ގެނައުމާއި، މިދިޔަ 5 އަހަރު ހުއްޓިފައިވާ މަގު ހެދުމާއި، ހިތަދޫ ހުޅުމީދޫ ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ފެށުމާއި،އެހެނިހެން ތަރައްޤީގެ މަސައްކަތްތައް އައްޑޫސިޓީގައި ބާރު ދުވެލީގައި ކުރިއަށްއެބަ ދާކަމަށް ”އެކިއެމްވީ“ އިން ސުވާލުކުރުމުން އައްޑޫސިޓީއަށް ނިސްބަތްވާ ބައެއް އާންމުން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި