Ads by
ޚަބަރު
“ކައުންސިލް އިދާރާތަކުގެ އުމްރާނީ ތަރައްޤީއަށް ޚާއްޞަ މަސައްކަތްތަކެއް ކުރަން ގަސްތުކުރަން”
ރައީސް މުޢިއްޒު: ވިދާޅުވީ ކައުންސިލް އިދާރާތަކުގެ އުމްރާނީ ތަރައްޤީއަށް ޚާއްޞަ މަސައްކަތްތަކެއް ކުރަން ގަސްތުކުރައްވާ ކަމަށް - ފޮޓޯ:ރައީސް އޮފީސް

އިންވެސްޓަރ ފައިނޭންސްގެ އުސޫލުން ކައުންސިލް އިދާރާތަކުގެ އުމްރާނީ ތަރައްޤީއަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ގަސްތުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ދިވެހިރާއްޖޭގެ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ޚިޠާބުގައި ރައީސް ވިދާޅުވީ ވޭތުވެދިޔަ 13 އަހަރު ކައުންސިލުތަކުގެ އުމްރާނީ ތަރައްޤީއަށް ސަމާލުކަން ދެވިފައި ނުވާ ކަމަށެވެ. ސަރުކާރުން މިހާރު ފަށާ މަސައްކަތުގެ އަމާޒަކީ ކައުންސިލުތަކަށް ޤާނޫނީ ވާޖިބު އަދާކުރެވޭނެ އަދި ރައްޔިތުންނާ އެކު މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް އުފައްދައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވެފައި ވަނީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ވަކި މިނިސްޓްރީއެއް އުފެއްދެވުމުން އޭގެ ނަތީޖާ ފެންނަމުންދާ ކަމަށާ އަދި ކަންކަމުގައި އީޖާބީ ގޮތެއްގައި ސަރުކާރާއި ކައުންސިލުތަކާ އެކު ކުރެވޭ މަސައްކަތް އިތުރުވެ، ހިންގުމުގެ ސްޕީޑް ހަލުވިވަމުން އަންނަ ކަމަށެވެ.

ލާމަރުކަޒީ ނިޒާމުގެ ހެޔޮ ބަދަލުގެ މަންފާ ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ކައުންސިލުތަކުގެ އިހުތިސާސުގައި ހިމެނިފައި ނުވާ ފަޅު ރަށްތައް ކައުންސިލުތަކާ ހަވާލުކުރެވޭނެ ސިޔާސަތެއް އެކަށައަޅައި، އެ ސިޔާސަތު މިހާރު ތަންފީޒު ކުރަމުން އަންނަކަން ވެސް ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ރަސްމީ ސިފައެއްގައި ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފަށާފައި ވަނީ 2011 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *