Wednesday, 9 September 2026
Ads by

ޝަރުޢީ އަދި ޞިއްޙީ ގޮތުން ޝަރުޠުހަމަވާ އެންމެންވެސް ލޭ ހަދިޔާ ކުރުމަށް ޚުޠުބާގައި ގޮވާލައިފި

ޝަރުޢީ އަދި ޞިއްޙީ ގޮތުން ޝަރުޠުހަމަވާ އެންމެންވެސް ލޭ ހަދިޔާ ކުރުމަށް ޚުޠުބާގައި ގޮވާލައިފި

މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި އަމިއްލަ ހަށިގަނޑުގައި ހުރި ލޭ ހަދިޔާކުރުމަކީ ޞަދަޤާތެއްކަމަށާއި، އިންސާނަކު ދިރިހުރުމައްޓަކައި، އެހީތެރިވުމަކީ، ތިމާ އުފުލާންޖެހޭ ބޮޑެތި މުޞީބާތްތަކުން ދިންނަވާނޭކަމެއް ކަމަށާއި އެހެން ކަމުން ލޭ ބޭނުންވާ ކުދިންނަށް ލޭހަދިޔާ ކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

Ad Image
Ads by

ލޭ ލިބުމަށް ދަތިވެފައިވާ މިދުވަސް ވަރާއި ދިމާކޮށް، މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއުއަކަށް ހަމަޖެހިފައިވަނީ ”ލޭ ހަދިޔާކުރުމަކީ ޞަދަޤާތެއް“ މި މަޢުޟޫޢުއެވެ.

ލޭ ހަދިޔާކުރުމަށް ބާރުއަޅާ ޚުޠުބާގައި ގޮވައިލީ މާތް اللهގެ އަޅުތަކުންނަށް އެހީތެރިވުމާއި، ފައިސާއާއި މުދަލުން ހޭދަކުރުމާއި ޞަދަޤާތްކުރުމަކީ، ދަރުމަހުރި ކަމެއް ކަމަށާއި، ބައެއް ހެޔޮ ޢަމަލުތަކުގެ ސަވާބު އެތައް ގުނައަކަށް އިތުރުވާ ކަމަށެވެ. އަދި އޭގެ ތެރޭގައި މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި އަމިއްލަ ހަށިގަނޑުގައި ހުރި ލޭ ހަދިޔާކުރުމަކީ ޞަދަޤާތެއްކަމަށް ބަޔާންކުރިއެވެ. ތިމާއަށް ކޮށްލެވޭ މި ފަދަ ހޭދައެއްގެ ސަބަބުން ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެ ވަނުމުގެ ނަޞީބު ލިބެއެވެ. ސުވަރުގޭގެ ނިޢުމަތްތަކަކީ، މާތް ﷲގެ އަޅާ އުފަލުން ފޮޅޭ ވަރުގެ މަތިވެރި ނިޢުމަތްތަކެކެވެ.

 

މާތް الله ވަޙީކުރައްވައިފައި ވެއެވެ.

الَّذِينَ أَحْسَنُوا الْمُسْنَى وَزِيَادَةٌ وَلَا يَرْهَقُ وَجُوهَهُمْ قَتَرُ وَلَا
ذِلَهُ أَوْلَئِكَ أَصْحَابُ الْجَنَّةِ هُمْ فِيهَا خَالِدُونَ

މާނައީ: ”ހެޔޮ ޢަމަލުކުޅަ މީހުންނަށް، އެންމެ ހެޔޮ ޖަޒާ ހުށްޓެވެ. (އެއީ ސުވަރުގެއެވެ.) އަދި އޭގެ އިތުރަށް ވެސް ހުށްޓެވެ. (އެއީ اللهގެ ދީދާރުފުޅު ދެއްކެވުމެވެ.) އަދި އެއުރެންގެ މޫނުތަކަކަށް ހިރަފުހެއް ނުވަތަ ދެރަކަމެއް ނާރާނެތެވެ. އެއުރެންނަކީ، ސުވަރުގޭގެ އަހުލުވެރީންނެވެ. އެއުރެން އެތާނގައި ދެމި ތިބޭހުށްޓެވެ.“

ޚުޠުބާގައި ބުނީ މާތް اللهގެ އަޅުތަކުންނަށް ޖެހޭ ބޭނުންތައް ފުއްދައިދީ، އެއުރެންނަށް ޖެހޭ ބޮޑެތި ކަންކަމުގައި މިއަދު އެހީތެރިވުމަކީ، މާދަމާ؛ (އާޚިރަތްދުވަހުން) އަހަރުމެން އުފުލާންޖެހޭ ބޮޑެތި މުޞީބާތްތަކުން ދިންނަވާނޭކަމެއް ކަމަށެވެ.

މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ.

(مَنْ كَانَ فِيْ حَاجَةِ أَخِيْهِ كَانَ اللهُ فِيْ حَاجَتِهِ، وَمَنْ فَرَّجَ عَنْ مُسْلِمٍ كُرْبَةً فَرَّجَ اللهُ عَنْهُ كُرْبَةً مِنْ كُرُبَاتِ يَوْمِ الْقِيَامَةِ) މާނައީ: ”ތިމާގެ އަޚާގެ ބޭނުންތައް ފުއްދައި ދިނުމުގައި ދެމިހުންނަ މީހާގެ ބޭނުންތައް ފުއްދައި ދެއްވުމުގައި الله ދެމިވޮޑިގެންވެއެވެ. ދުނިޔޭގައި މުސްލިމެއްގެ ކިބައިން މުޞީބާތެއް ދުރުކޮށްދީފި މީހަކަށް، ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް الله ދުރުކޮށްދެއްވާނެއެވެ.“

 

މުސްލިމުން އަބަދު ވެސް ކުރިއަރައި ދާންވީ އެ ބައިމީހުންގެ އަޚުންނަށް ދިމާވާ ދަތިތަކާއި މުޞީބާތްތައް ކުޑަކޮށްދިނުމުގައި ކަމަށާއި، މި ދުނިޔޭގެ ދަންފަޅި ހަމަކުރާންވީ، މި ފަދަ ޢަމަލުތައްކުރުމުގައި ކަމަށް ޚުޠުބާގައި ހަނދާންކޮށްދިނެވެ.

ލޭ އަޅަން ބޭނުންވާ ޙާލަތްތަކުގައި، ބަލި މީހަކަށް އަޅަން ބޭނުންވާ ލޭ ހަދިޔާކޮށްދިނުމަކީ، އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުން ފަދަ ކަމެއްކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި ޙައްޤަކާ ނުލައި އެންމެ މީހަކު މެރުމަކީ، ދުނިޔޭގައި ވާހައި ބަޔަކު މެރުން ފަދަ ނުބައިކަމަކަށް ވީފަދައިން، އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ، އެ އެންމެން ނުމަރައި ދިރިތިބޭން ދޫކޮށްލުން ފަދަ ހެޔޮ ކަމެއްކަމަށް ޚުޠުބާގައި ވެއެވެ.

މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.

أَنَّهُ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادِ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا

މާނައީ: ”ހަމަކަށަވަރުން ނަފުސެއް މަރައިގެން، ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫން ގޮތަކަށް، ނަފުސެއް މަރައިފި މީހަކު، އެންމެހައި މީސްތަކުން މެރި ފަދައެވެ. އަދި އެ ނަފުސު ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހައި މީސްތަކުން ދިރުވި ފަދައެވެ.“

 

ބަލިމީހެއްގެ ހަށިގަނޑަށް އަޅާންޖެހޭ ލޭ ނުލިބުމަކީ އޭނާ ދުނިޔެ ދޫކޮށްފާނޭ ކަމެއްކަން ހަނދާން ކޮށްދެމުން ޚުޠުބާގައި ބުނީ ލޭއަޅާ މީހެއްގެ ހަށިގަނޑަށް އަޅަން ބޭނުންވާ ލޭ ހަދިޔާކުރުމަކީ އޭނާއަށް ދުނިޔޭގައި ދިރިހުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ޓަކައި ކުރެވޭ ހެޔޮ ކަމަކަށްނޫނީ ނުވާނެ ކަމަށެވެ. އަދި އެއީ މާތް ﷲ ވަޙީ ކުރައްވާފައި ވާފަދައިން މަތިވެރި ސަވާބާއި ގިނަގުނަ އަޖުރު ލިބޭނޭކަމެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ލޭ ލިބުން ދަތިވެފައިވާތީ އެކަމާއި ގުޅުވާ ޚުޠުބާގައި ގޮވައިލީ މިއަދު ދިވެހިރާއްޖޭގެ ބުލަޑުބޭންކުތައް ލޭހަދިޔާކުރާނެ މީހުންނަށް ބޭނުންވެފައިވާ ކަމަށާއި، އަހަރުމެންގެ ތެރެއިން މީހަކު ހަދިޔާކުރާ ލެއަކީ، މީހެއްގެ ފުރާނަސަލާމަތްވުމުގެ ސަބަބަކަށް ވެއްޖެ ނަމަ ލިބޭނޭ ސަވާބާއި ދަރުމައާ މެދު ވިސްނައިލުމަށެވެ. އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ އެތައްބަޔެއްގެ ފުރާނަ ސަލާމަތްކޮށްދިނުން ކަމަށް ވެސް ވަނީ ގޮވާލާފައެވެ. އެހެންކަމުން ދަރުމަހުރި، އިންސާނިއްޔަތުގެ މި ޢަމަލާއިގެން ކުރިއަށްދިއުމަށް ޚުޠުބާގައި ގޮވައިލިއެވެ.

ލޭހަދިޔާކުރުމަކީ ދެމިގެންވާ ޞަދަޤާތެއްކަމުގައި ޢިލްމުވެރީން ދެކެވަޑައިގަންނަވާކަމަށާއި، ޝަރުޢީ އަދި ޞިއްޙީ ހަމަތަކުގެ މަތީން ލޭ ހަދިޔާކުރުމަށް ޝަރުޠުހަމަވާ އެންމެންވެސް އެ ކަމުގައި ބައިވެރިވުމަށް ގޮވާލާފައިވެއެވެ. އަދި އެއީ އިންސާނާ މަރުވުމަށް ފަހުގައި ވެސް، އެ ޞަދަޤާތެއްގެ ހެޔޮ އަސަރު ދެމިހުރިހައި ހިނދަކު، ޞަދަޤާތްކުރި މީހާއަށް ސަވާބު ލިބިލިބި ހުންނާނޭ ކަމެއްކަން ޚުޠުބާގައި ހަނދާން ކޮށްދިނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި