Ads by
ޚަބަރު
ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން ނޮޅިވަރަންފަރު ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި
ރައީސް މުޢިއްޒު ނޮޅިވަރަންފަރު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލުން ރަށުގެ ތަރައްޤީއަށް ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

Ads by Eki Online

ރައީސް، ނޮޅިވަރަންފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވަނީ އާދިއްތަ ދުވަހުގެ ރޭ އެ ރަށު ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން މަގު ހެދުމާއި ސްކޫލުގެ މަޝްރޫޢު ވީ އެންމެ އަވަހަކަށް ފެށުމަށް ބޭނުންވާ ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ޕޮލިސް ސްޓޭޝަން ތަރައްޤީ ކުރުމަށް ބޭނުންވާ ކަމަށާއި ކައުންސިލް އިދާރާތަކުގެ މުވައްޒިފުންގެ މުސާރަ ބޮޑުކޮށްދެއްވުމަށާއި ދަތުރުފަތުރުގެ ޚިދުމަތް މިހާރަށް ވުރެ ލުއިފަސޭހަކޮށް ފޯރުކޮށްދެއްވުމަށް އެދޭ ކަމަށާއި ޒުވާނުންނަށް ކުޅިވަރު ކުޅުމަށް އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވައި، ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދެއްވުމުގެ އިތުރުން މިހާރު ބަޖެޓުގައި ހިމެނިފައި ހުރި ކަންކަން ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

ނޮޅިވަރަންފަރު ކައުންސިލުން ވަނީ ރައީސް ވަޢުދު ފުއްދަވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމުގައި ވިދާޅުވެފައެވެ. އަދި ރައީސް ނޮޅިވަރަންފަރަށް ބަހައްޓަވާ ގާތްކަން ޝުކުރުވެރިކަމާ އެކު ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އ.ތ.މ ކޮމިޓީގެ ބަޖެޓް އިތުރުކުރަން ޖެހިފައިވާކަން ގަބޫލުފުޅު ކުރައްވާކަން ފާހަގަކުރައްވައި، އެކަން ހާސިލުކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންފުޅުވާ ގޮތްތައް، ކައުންސިލް މެންބަރުންނާ ހިއްސާކުރެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *