Ads by
ޚަބަރު
ސާރފް ބޯޑުން ނަގާ ފީ ޤައުމީ އެއާލައިންއިން ކުޑަކޮށްފި

ރާޅާ އެޅުމަށް ބޭނުންކުރާ ސަރފް ބޯޑު އުފުލުމަށް ޤައުމީ އެއަރލައިނުން ނަގާ ފީ ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފްތާގައި ވެވަޑައިގެންނެވި ވައުދު ފުއްދަވައިފިއެވެ.

Ads by Eki Online

ސަރފް ބޯޑު އުފުލުމަށް ޤައުމީ އެއަރލައިނުން ނަގާ ފީ ބޮޑުކަމުގެ ޝަކުވާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައިވަނީ މިދިޔަ ހަފްތާގައި އެ މަނިކުފާނު ދެކުނުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާ މިދިޔަ ހަފްތާގައި ދެކުުނުގެ 4 އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން އަޅައިގަތް އެއް ކަމަކީ ރާޅާ އެޅުމަށް ބޭނުންކުރާ ސަރފް ބޯޑު އުފުލުމަށް ޤައުމީ އެއަރލައިނުން ނަގާ ފީ ބޮޑުވެގެން އެ ޝަކުވާ ޒުވާނަކު ރައީސަށް ހުށަޙެޅުއްވުމެވެ.

ރާޅާއެޅުމުގެ ހަރަކާތްތައް ހިންގުމުގައި އުޅޭ ގދ. ގައްދޫ، ފެހިވިނަ، އަޙްމަދު ރަޝީދު “ރައީސްގެ ޖަވާބު” ޕްރޮގްރާމްގައި ރައީސަށް ދެންނެވި ސަރފް ބޯޑު އުފުލުމަށް ޤައުމީ އެއަރލައިނުން ނަގާ ފީ ބޮޑުކަމަަށެވެ. އަދި ފީ ބޮޑުކަމުން ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދަތިތަކެއް ކުރިމަތިވާކަމަށްވެސް އަހުމަދު ރަޝީދު ރައީސަށް ދެންނެވިއެވެ.

ކަންބޮޑުވުމާއެކު އަހުމަދު ރަޝީދު ދެންނެވި ސުވާލަށް ހަމަ އެވަގުތު ވަނީ ރައީސުލްޖުމްހޫރިއްޔާ ވަނީ އުއްމީދީ ޖަވާބެއް ދެއްވާފައެވެ. ސަރފް ބޯޑު އުފުލުމަށް ޤައުމީ އެއަރލައިނުން ނަގާ ފީ ބޮޑުކަން ޤަބޫލުކުރައްވާކަން ފާހަގަކުރައްވަމުން، އަހުމަދު ރަޝީދަށް ރައީސް ދެއްވީ، ސަރފް ބޯޑު އުފުލުމަށް ނަގާ ފީ ކުޑަކުރައްވާނޭކަމުގެ ޔަގީންކަމެވެ.

ސަރފް ބޯޑު އުފުލުމަށް ޤައުމީ އެއަރލައިނުން ނަގާ ފީ ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ފުއްދެވުމަށް މާ ގިނަ ދުވަހެއް ނުންނަގަވައި، އެ ވައުދު މިހާރު ފުއްދަވައިދެއްވާފައެވެ. އެގޮތުން ރާޅާ އެޅުމަށް ބޭނުންކުރާ ކަނދުން ނަގާ ފީ ކުޑަކުރުމަށް ނިންމައި، ޤައުމީ އެއަރލައިނުން މިހާރު ވަނީ އެކަން އިއުލާންކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *